ހައްޖު ކޯޕަރޭޝަން ހިންގުން އާ އިމާރާތަކަށް ބަދަލުކުރަނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މައި އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެކުންފުނީގެ އޮފީސް ހިންގަމުންދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މ.ފުރަންކަރާގައި ކަމަށެވެ.
މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު އޮފީސް ބަންދުވާނެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހައްޖާއި އުމްރާ ދަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް