މާނިއު ޖޭއެސްސީ އިން އިސްތިއުފާ ދެއްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ޢަބްދުލްމާނިއު ހުސައިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މާނިއުއަކީ ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން އިންތިިޚާބު ކޮށްފައިވާ މެމްބަރެވެ.
މާނިއު އެ މަޤާމުން އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް މިއަދު ފޮނުއްވި ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ބަޔާން ކޮށްފައެއް ނުވެ އެވެ.
މާނިއު އެ މަޤާމަށް އިންތިިޚާބު ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ.
ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރުން އިންތިޚާބު ކުރާނީ ބާ ކައުންސިލުންނެވެ.
ޖޭއެސްސީ ގައި މާނިއު އިސްތިއުފާ ދެއްވެމުގެ ކުރިން ތިއްބެވީ 10 މެމްބަރުންނެވެ. ކޮމިޝަންގެ ރައީސް އެއްގެ ގޮތުގައި ހުންނެވީ އަލްއުސްތާޒާ ހިސާން ހުސެއިންނެެވެ. ކޮމިޝަންގެ ނައިބު ރައީސް އަކީ އަލްއުސްތާޒް މަސްތޫރް ޙުސްނީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް