ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި
ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި
ވިޔަފާރި 27 Aug 2024 | 04:04

މިއޮތީ ޕްރޮފެޝަނަލް ފޮޓޯގްރަފާއަކަށް ވާން ރަނގަޅު ފުރުސަތެއް!

ޕްރޮފެޝަނަލް ފޮޓޯގްރާފާއަކަށް ވުމަށް އިންފިނިކާ އެކަޑަމީ އިން ހުޅުވާލައިފިއެވެ.

ފޮޓޯގްރަފީ ދާއިރާގައި 17 އަހަރުގެ ތަޖުރިބާ ހުރި ފަރާތްކާއި އެކު މި ދާއިރާ އަށް ނުކުތުމުގެ މަގު ފަހިކޮށްދިނުމަށް އިންފިނިކާ އެކަޑަމީން ކުރިއަށް ގެންދާ މި ކްލާސްތައް އޮންލައިން ކޮށް އަދި ފިޒިކަލް ކޮށް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ އެކަޑަމީ އިން ބުނެއެވެ.

ހަމައެއާއިއެކު، އައުޓްޑޯ އަދި ސްޓޫޑިއޯ ކްލާސްތައް ވެސް ކުރިއަށްދާނެ ކަމަށާއި ދެ ޖިންސުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެކަޑަމީން މައުލޫމާތު ދެއެވެ.

10 ކުދިންގެ ޖާގައިގެ މި ޕްރޮގްރާމްގައި ކިޔައިދެވޭނެ ބައިތަކުގެ ތެރޭގައި:

1) އެކި ވައްތަރުގެ ފޮޓޯގްރަފީ

2) ޝަޓަރ ސްޕީޑް، އައި އެސް އޯ، އެޕޭޗަރ

3) ލައިޓިންގ

4) ކެމެރާ މޯޑްސް

5) ކޮމްޕޮޒިޝަން

މި ޕްރޮގްރާމްގެ ފީގެ ގޮތުގައި 1000 ރުފިޔާ ހަމަޖައްސާފައިވާއިރު، ކޯހަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7464643 އަށް ގުޅުމަށް އެ އެކަޑަމީން އެދެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ތިރީގައިވާ ލިންކުން ކްލާހުގް ފޯމު ފުރޭނެ:

https://linktr.ee/infinica.academy

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް