ފޮޓޯ/ ގޫގުލް
ފޮޓޯ/ ގޫގުލް
ވާހަކަ 13 Feb 2023 | 14:58

ބިންހެލުމުގެ ސަބަބުން، ދިރިއުޅުން އިސްލާހް ކުރަން ޢަޒުމް ކަނޑައެޅި އުޚުތެއްގެ ވާހަކަ

އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ވަރަށް ގިނަ ހަގީގަތްތައް ވެއެވެ. އެއީ އުފަލެއް ކަމުގައި ވިޔަސް އަދި ހިތާމައެއް ކަމުގައި ވިޔަސް އެކަމާއިމެދު ފުންކޮށް ވިސްނައިފި ކޮންމެ މީހަކަށްވެސް އޭގައި ފޮރުވިފައިވާ ޢިބްރަތްތަކެއް ވާކަން އެނގޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން ރެއާއި ދުވާލު ފެނި ހާމަވަމުންދާ ކަންކަމުން ވެސް އެނގިގެންދެއެވެ.

ކިޔައިދޭން މިއުޅެނީ ވެސް އެފަދަ ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ.

މިމަހުގެ 6 ވަނައަށްވީ ދުވަހުގެ އިރުއަރައިގެން އައި އިރު މުޅި ދުނިޔެވެސް ސިއްސުވާލި ޚަބަރަކަށް ވެގެންދިޔައީ ތުރުކިޔޭ އަށާއި ސީރިޔާއަށް އައި ވަރުގަދަ ބިންހެލުމުގެ ވާހަކައެވެ.

ރިކްޓަރ މިންގަނޑުން 7.8އާއި 7.5ގެ ބާރުމިނުގައި އައި ސިލްސިލާ ބިންހެލުންތަކުގައި ތުރުކިޔޭއިން އެކަނިވެސް 6,000 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާއިރު، ދެ ގައުމުން ނިޔާވި މީހުންގެ އަދަދު 36,000 މިހާރު ވަނީ އަރާފައެވެ. ޢިމާރާތްތަކުގެ ދަށުން ނިޔާވެފައިވާ މީހުންގެ ހަށިތައް އަދިވެސް އަންނަނީ ފެންނަމުންނެވެ.

އެތަކެއް މީހުން އެމީހުންގެ ޢާއިލާއާއި އަބަދަށް އަލްވިދާޢު ކިޔަން ޖެހުނު މި ހާދިސާގައި ޢާއިލާގެ 7 މެންބަރުން އަބަދުގެ އަބަދަށް ވަކިވެ ދިޔުމުގެ ފުން ހިތާމަ ކުރަމުންދާ އުޚުތެއް ވަނީ އެ ހާދިސާ އިން އޭނާއަށް ލިބިގެންދިޔަ އަގުހުރި ޢިބުރަތާއި އޭގެ ސަބަބުން އޭނާގެ ހަޔާތައް ގެނައި ބަދަލު އެކުވެރިންނާއި، އަދި އެނޫންވެސް ފަރާތްތަކާއި ހިއްސާ ކޮށްފައެވެ.

އެވާހަކައިން އެހެން މީހުންވެސް ޢިބްރަތް ހާސިލްކޮށް، ހެޔޮ މަގަށް އެނބުރި ރުޖޫޢަވުމަށް އޭނާ ފެށި ދަތުރުމަތީގައި ސާބިތުވެ ހުރުމަށް ލިބިދޭ ހިއްވަރަކަށް އެކަން ވުމުގެ އުއްމީދުގައެވެ.

"ޖަންގ ޖެއި ރައި" ނަމުގައި ޓުވިޓާގައި ހަދާފައިވާ ޓުވިޓާ އެކައުންޓް ބޭނުން ކުރަމުންދާ ތުރުކިޔޭ ވިލާތަށް ނިސްބަތްވާ އެ އުޚުތާ ކިޔައިދީފައިވާ ގޮތުގައި ބިންހެލުމުގައި އޭނާއާއި ވަކިވެގެން ދިޔަ އާއިލާގެ 7 މީހުންވެސް ނިޔާވި ޚަބަރު އޭނާއަށް ލިބުނީ އެ ކާރިސާ ހިނގައިދިޔަ ދުވަސް, 6 ފެބްރުއަރީގައެވެ.

އޭނާ މިވަގުތު ދިރިއުޅެމުންދަނީ ތުރުކިޔޭގައި ކަމުގައި ނުވާތީ ބިންހެލުމުން ސަލާމަތްވި ނަމަވެސް، އެއްފަހަރާ ދަންނަ އެތައް ބަޔަކު ދުނިޔެ ދޫކޮށްދިޔަ މި ހާދިސާގެ އަސަރު ހިތުގެ އެންމެ ފުންމިނަށް ވަނީ ކޮށްފައެވެ.

ލޯބިވާ ޢާއިލާގެ އެތައް ބަޔަކަށް އެއްފަހަރާ އަލްވިދާޢު ކިޔަން ޖެހުމުން، އެ އެންމެން ދުނިޔެ ދޫކޮށްދިޔަ އިރު އޭނާ ދިރިހުރީ ކީއްވެތޯވެސް ހިތާއި ހިތުން ސުވާލު ކުރެވުނެވެ.

ވާނީވެސް އެހެންތާއެވެ. އެކުގައި އުޅެބޮޑުވި، ދިރިއުޅުމުގައި ދިމާވި ހިތާމަޔާއި އުފާތައް ހިއްސާކޮށް، އެކުގައި އެތައް ހުވަފެންތަކެއް ދުއް ގާތް ތިމާގެ މީހުންނާއި އެކުވެރިންގެ ކުއްލި ވަކިވުމަކީ މީހާ ނަފްސާނީ ގޮތުންވެސް ވަރަށް ބަލިކަށި ކުރުވާ ކަމެކެވެ.

ނަފްސު ބަލިކަށިވެގެންދިޔަ އެވަގުތު، ހިތަށް ވެރިވަމުންދިޔަ ޝައިޠާނީ ވަސްވާސްތަކަށް ޖާގަދިނުމުގެ ބަދަލުގައި އެ އުޚުތާ ޚިޔާރު ކުރީ އެކަމާއި ދެކޮޅަށް ހަނގުރާމަކުރާށެވެ. އެގޮތުން، އެތައް ބަޔަކު ދުނިޔެ ވަކިވެގެން ދިޔައިރުވެސް އޭނާ ދުނިޔޭގައި ހުރުމުން، އެއީ އޭނާއަށް ހެޔޮ ޢަމަލު ކޮށް، މާތް الله ސުބުޙާނަހޫވަތަޢާލާ އެންގެވި މަގަށް ރުޖޫޢަވުމަށް ލިބުނު ފުރުސަތެއް ކަމުގައި ދެކުނެވެ.

ވެދިޔަ ތަނުގައި ހެދިފައިވާ ގޯސްތައް އިސްލާހުކޮށް، ކުރިއަށް އޮތް ތަނުގައި ތެދުމަގުގައި ސާބިތުވެ ހުރުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ. އަދި އެގޮތުން، އެޅި އެންމެ ފުރަތަަމަ ފިޔަވަޅަކީ ހިޖާބު ވުން ކަމުގައި ހެދިއެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ސުވާލުތައް އޭނާއަށް އަމާޒުވެގެންދާނެކަންވެސް އެނގެއެވެ.

ކަން ވީވެސް އެހެންނެވެ. އެފަދަ ނިންމުމެއް ކުއްލި ގޮތަކަށް ނިންމި ސަބަބާއި މެދު ބައެއް މީހުން އޭނާ އާއި ސުވާލުވެސް ކޮށްފައިވާއިރު، އެ ނިންމުމާއިމެދު އިތުރަށް ވިސްނައި އެކަން ލަސްކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ދެކެއެވެ. އެހެނީ ހިޖާބް ވުމަކީ އޭގެ ކުރިންވެސް އޭނާ ކުރަން ބޭނުންވެފައި ނުކުރެވި އޮތް ކަމެކެވެ. ކިތަންމެ ބޭނުންވި ނަމަވެސް އޭރު އެކަމާއި އޭނަ އާއި ދެމެދަށް އައީ ހަވާނަފްސުގެ އެދުންތަކެވެ. އެހެން ނަމަވެސް ދެން އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެކަން ލަސްކުރަން އޭނާ ބޭނުން ނުވީއެވެ. މާދަމާ ވާނީ ކިހިނެއް ކަމެއް އެކަކަށްވެސް ނޭނގޭތީއެވެ.

އޭނާގެ އެ ޓުވީޓުގައިވެސް އެދިފައިވަނީ، ހެޔޮ މަގަށް ރުޖޫޢަވުމަށް އޭނާ މި ފެށި ދަތުރުގައި އެންމެންވެސް އޭނާ އަށްޓަކައި ހެޔޮ ދުޢާ ކުރުމަށެވެ. އަދި ބިންހެލުމާއި ގުޅިގެން ތުރުކިޔޭ އާއި ސީރިއާއިން ދުނިޔެ ދޫކޮށް ދިޔަ މީހުންނަށް ހެޔޮ ދުޢާކޮށް، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރުމަށާ ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ.

ދުނިޔަވީ ހަޔާތަކީ ކުރު އެއްޗެކެވެ. ފަހުން ހެޔޮ އަމަލުތައް ކުރުމުގެ ޢަޒުމުގައި ހުއްޓާ ދުނިޔެ ދޫކުރި އެތައް ބަޔަކުވެއެވެ. ތިބާ ދުނިޔޭގައި ހުރީތީ އެކަމަށް ޝުކުރުކޮށް، ކުރިއަށް އޮތް ތަނުގައި ތެދުމަގުގައި ސާބިތުވެ ހުރުމަށް ޢަޒުމް ކަނޑައަޅާށެވެ. ތިބާއަށް ލިބިފައިވަނީ މިވަގުތެވެ. މިއީ ތިބާގެ ދުވަހަށް ހަދާށެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ހެވެއް ވާކަން ގަބޫލުކޮށް ހެޔޮ ޢަމަލު ކުރުން މަތީގައި ސާބިތުވެ ހުރެ ކުރިއަށްދާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތުރުކިޔޭ ބިންހެލުން: ދިވެހިންގެ އެހީގައި ހެދި ވަގުތީ 30 ގޭގެ މަސައްކަތް ނިންމާލައިފި
24 Jun 2023 ހަބަރު

ތުރުކިޔޭ ބިންހެލުން: ދިވެހިންގެ އެހީގައި ހެދި ވަގުތީ 30 ގޭގެ މަސައްކަތް ނިންމާލައިފި

ތުރުކިޔޭ-ސީރިޔާއަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގައި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް، ދިވެހިންގެ އެހީގައި، ހެދި 30 "ކޮންޓެއިނާ ހައުސް" ގެ މަސައްކަތް ނި...

ތުރުކީ ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް މުޙިއްޔުއްދީން ސުކޫލްގެ އެހީ
13 Apr 2023 ހަބަރު

ތުރުކީ ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް މުޙިއްޔުއްދީން ސުކޫލްގެ އެހީ

ތުރުކީ އަދި ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް މުޙިއްޔުއްދީން ސުކޫލްއިން އެއްކުރި ފަންޑު އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފިއެވެ. އިއްޔެ މުޙިއ...

ތުރްކިޔޭ ބިންހެލުމުގައި އާއިލާއާއި ދެތަންވި ކުއްޖަކު މަންމައާއި ހަވާލުކޮށްފި
04 Apr 2023 ހަބަރު

ތުރްކިޔޭ ބިންހެލުމުގައި އާއިލާއާއި ދެތަންވި ކުއްޖަކު މަންމައާއި ހަވާލުކޮށްފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައިބިންހެލުމުގައި ވެއްޓުނު ޢިމާރާތެއްގެ ދަށުން ބިންހެލުމަށް 128 ގަޑި އިރުވިފަހުން ސަލާމަތް ކުރި ތުއްތު ކުއްޖަކު، ހާދިސާއަށް 54 ދުވަސް ފަހުން އެކުއްޖ...

ބިންހެލުންތަކުގައި ހަލާކުވި ޢިމާރާތްތައް އަލުން ހެދުމުގެ މަސައްކަތް ތުރްކިޔޭގައި ފަށައިފި
25 Mar 2023 ހަބަރު

ބިންހެލުންތަކުގައި ހަލާކުވި ޢިމާރާތްތައް އަލުން ހެދުމުގެ މަސައްކަތް ތުރްކިޔޭގައި ފަށައިފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި ތުރްކިޔޭގެ ކަހްރަމްނަމަރާސް ޕްރޮވިންސްގައި ވެއްޓުނު ޢިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމަށް ...

ބިންހެލުމަށް 34 ދުވަސް ފަހުން ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި
14 Mar 2023 ހަބަރު

ބިންހެލުމަށް 34 ދުވަސް ފަހުން ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެގެން ގޮއްސައެވެ. ކިތަންމެ ކުއްޖެއް ވަނީ ޔަތީމު ވެފައެވެ. އެތައް މަންމަޔަކު ދަރިން ނެތި ގެއްލުމުގެ ހި...

ދަނގެތީ ރައްޔިތުންގެ ފަރާތުން ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް 71,000 ރުފިޔާ
05 Mar 2023 ހަބަރު

ދަނގެތީ ރައްޔިތުންގެ ފަރާތުން ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް 71,000 ރުފިޔާ

ފެބްއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އަދި ސީރިޔާއަށް އައި ބިންހެންތަކާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އދ. ދަނގެތީގައި ބޭއްވި ފަންޑް ރެއިޒިން އިވެންޓަށް ޖުމުލަ 71,071 ރުފިޔާ ލިބިއްޖެއެވެ. ...