އައިބީއެމް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިން ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އައިބީއެމް
އައިބީއެމް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިން ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އައިބީއެމް
ވިޔަފާރި 13 Sep 2022 | 09:26

އައިލެންޑް ބެވަރޭޖަސްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް!

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާކޮށްފިއެވެ.

އައިބީއެމް އިން ބުނީ، އެ ކުންފުނީގެ "ތާޒާ ވެށި" ޝިއާރުގެ ދަށުން ހދ. ކުޅުދުއްފުށީ ގައި ރައްކާތެރި ގޮތެއްގައި ޕްލާސްޓިކް ފުޅި ނައްތާލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، އެ ސިޓީގެ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާކޮށްފައިވާކަމަށެވެ.

އެ މެޝިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހަދިޔާ ކޮށްދެއްވީ އައިބީއެމްގެ ކުޅުދުއްފުށީ ފެން އުފައްދާ ކާރުހާނާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އެ މެޝިނާއި ހަވާލުވެވަޑައިގެންނެވީ އެ ކައުންސިލުގެ މޭޔަރ މުހައްމަދު އަޠިފެވެ.

އައިބީއެމް އިން ބުނީ, މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުމަށް އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އެ ކުންފުންޏާ ހިއްސާކޮށްފައިވާކަމަށެވެ. އަދި ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް އައިބީއެމް އިން ބުނެއެވެ.

"ތާޒާ ވެށި" ކެންޕޭނުގެ މަގުސަދަކީ އުކާލެވޭ ޕްލާސްޓިކް ގެ މިންވަރު މަދުކޮށް، ދެވަނަ ފަހަރަށް ޕްލާސްޓިކް ބޭނުން ކުރުމަށް ހިތްވަރު ދިނުމާއި، ޕްލާސްޓިކް ނުހިމެނޭ އައު ޕްރޮޑަކްޓް ތަކެއް އައްމުންނަށް ފޯރުކޮށްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް