ބުރުޒުމަގުގައި ހުންނަ ބްރެޑްމެޓާސް ގެލަރީ
ބުރުޒުމަގުގައި ހުންނަ ބްރެޑްމެޓާސް ގެލަރީ
ވިޔަފާރި 13 Nov 2022 | 07:52

މިހާރު ޚާއްސަ ޑިސްކައުންޓާއެކު ބްރެޑްމެޓާސް ގެލަރީއިން ލަންޗު ލިބޭނެ!

އޮފީސްތަކަށް ޚާއްސަ ޑިސްކައުންޓާއެކު ބުރުޒު މަގުގައި ހުންނަ ބްރެޑްމެޓާސް ގެލަރީއިން ލަންޗު ބުފޭ ތައާރަފްކޮށްފިއެވެ.

ބްރެޑްމެޓާސްގެ ލަންޗު އޮފީސް ޑިސްކައުންޓް ތައާރަފް ކުރުމާއި ގުޅޭގޮތުން ބްރެޑް މެޓާސްއިން ބުނީ އެ ރެސްޓޯރެންޓު ހުންނަ ލޮކޭޝަން (ބުރުޒު މަގު އަހުމަދިއްޔާ ސުކޫލު ކައިރި) އަކީ ވަރަށް ގިނަ އޮފީސްތަކާއި ސުކޫލުތައްވެސް ހުންނަ ތަނެއްކަމަށް ވުމުން، ރަނގަޅު ކެއުމެއް މެންދުރު ގަޑީގައި ކާލުމަށް އޮފީސްތަކުގެ މުވައްޒަފުންނާއި ސުކޫލު ދަރިވަރުންވެސް ބޭނުންވާނެކަމަށެވެ.

އެގޮތުން ބްރެޑްމެޓާސްއިން އިން ތައާރަފްކުރި ޚާއްސަ ލަންޗަކީ އޮފީސްތަކާއި ސުކޫލުތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެކަށީގެންވާ ހެޔޮ އަގުތަކެއްގައި މީރު ރަހަތަކާއެކު މެންދުރުގެ ކެއުމުގެ ބާވަތްތައް ހިމެނޭނެ ލަންޗަކަށް ވާނެކަމުގެ ޔަގީންކަން ބްރެޑްމެޓާސްއިން ދެއެވެ.

އެ ރެސްޓޯރެންޓުގެ ލަންޗުގައި ރާއްޖޭގެ ވައްޓަފާލިއާއި ގުޅޭ ކެއުމުގެ ބާވަތްތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ވެސްޓަން އަދި އޭޝިއަން ކުސިން ހިމެނޭނެކަމަށް ބްރެޑްމެޓާސްއިން ވަނީ ބުނެފައެވެ.

ބްރެޑް މެޓާސްގެ މި ޚާއްސަ ލަންޗު ފެށޭނީ މެންދުރު 11:00 އިންނެވެ. އަދި މެންދުރުފަހު 3:00 އާއި ހަމަޔަށް އެ ރެސްޓޯރެންޑުގެ ލަންޗު ލިބެން ހުންނާނެއެވެ.

ބްރެޑްމެޓަރ ގެލެރީ ހިމެނޭ ސަރަހައްދުގައި އެންސްޕާ, އެމްޑަބްލިއުއެސްސީ, ސިޓީ ކައުންސިލް, މީރާ, ފިނޭންސް މިނިސްޓްރީ, ފެނަކަ, އިލެކްޝަންސް ކޮމިޝަނާއި ސްކޫލް, ކޮލެޖު ޔުނިވާސިޓީތައް ހިމެނެއެވެ.

ބްރެޑްމެޓާސްއިން ބުނީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ރަހަ މީރު ކެއުމުގެ ބާވަތްތައް ފޯރުކޮށްދިނުމަކީ އެ ރެސްޓޯރެންޓުގެ އަމާޒުކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް