ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު
ހަބަރު 13 Nov 2023 | 12:43

އަޅުގަނޑުގެ ހުރިހާ އިސްތިއުފާ ސިޓީ އެއްގައިވެސް އެއް އިބާރާތެއް ފެންނާނެ: ރައީސް ނަޝީދު

އަދާކުރެއްވި މަޤާމުތަކުން އިސްތިއުފާ ދެއްވި ތިން ފަހަރުވެސް އިސްތިއުފާގެ ސިޓީގައި އެއް އިބާރާތެއް ތަކުރާރު ކުރައްވައިފައިވާނެ ކަމުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާ އިސްތިއުފާއެއްގެ ސިޓީއެއްގައިވެސް އެއް އިބާރާތެއް ފެންނާނެ ކަމުގައިވިދާޅުވެފައެވެ.

ތިހުރިހާ އިސްތިއުފާއެއްގައިވެސް އަޅުގަނޑަށް ހީވަނީ އެއް އިބާރާތެއް ފެންނާނެހެން ސިޓީގައި

ރައީސް ނަޝީދު

މިއާ ވިދިގެން އެމަނިކުފާނު ވިދާޅުވީ، އަބަދުވެސް ބަލަންޖެހޭނީ އިންސްޓިޓިއުޓްއަށް ގެއްލުމެއް ވާނެތޯ ނުވަތަ ނޫންތޯ ކަމަށާއި އިންސްޓިޓިއުޓްގެ ބާރު ކެނޑޭ ހާލަތަށް ކަންކަން ދާންފެށުމުން، ރައްޔިތުންގެ މަޖިލީހަށް ގެއްލުންވާ ފަދަ ކަންކަން ވުމަށް އެމަނިކުފާނު ޖާގަ ދީގެން ހުންނެވުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް ދެކި ލައްވާކަމަށެވެ.

2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވަނީ އޭރު އެމަނިކުފާނު އަދާކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. އަދި މި އަހަރު އެމްޑީޕީގެ ރައީސްކަމުގެ މަޤާމުންވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އަދި މިއަދު އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ތާވަލު ކުރެވިފައި ވަނިކޮށް އެމަނިކުފާނު އަމިއްލަފުޅަށް ވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ.

ފާހަގަ ކޮށްލަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވި ސިޓީގައިވަނީ އެ މަނިކުފާނު އެ މަގާމުގައި ހުންނަވައިފި ނަމަ ދިވެހި ގައުމާ ރައްޔިތުންނަށް ގެއްލުން ލިބިދާނެ ކަމަށް ދެކިލައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި މިއަހަރު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސިޓީގައި ވެސް ވަނީ އެ ޕާޓީގެ ރައީސް ކަމުގައި ހުންނަވައިފި ނަމަ ޕާޓީއަށާއި ޕާޓީގެ މެންބަރުންނަށް ގެއްލުން  ލިބިދާނެ ކަމަށް ދެކިލައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި ހަމަ އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިޢުފާ ދެއްވައި މިއަދު ފޮނުއްވި ސިޓީގައިވެސް ވަނީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިފި ނަމަ ރައްޔިތުންގެ މަޖިލީހަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ކަމަށް ގަބޫލުކުރައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވާ ކަމުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.