ނިޔާޒު އޭސީސީގެ މެންބަރުންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ މައްޗަށް ކުރީގެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒު ކޮރަޕްޝަންގެ ތުހުމަތު ކުރައްވައިފިއެވެ.
ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚުދު އޭސީސީގެ މެމްބަރުންނަށް ވެސް އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ފައިސާ އިން ނަފާ ވެފައިވާ ކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އެހެންވީއިރު އެ ޚިޔާނާތުގެ ތަފްސީލު، އެބޭފުޅުން ހާމަކުރާނެ ގޮތާއި މެދު ނިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
ނިޔާޒު މިހެން ވިދާޅުވިއިރު، އޭސީސީން ވަނީ އެ ޚިޔާނާތާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުުރުމުގެ ވިސްނުމެއް ގެންގުޅެމުންދާކަމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑު ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެކައުންޓުތަކާއި އެ އެކައުންޓުތަކުގެ ވެރިން ހާމަ ކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއަކަށް އަންނަ ހުކުރު ދުވަހަށް ދަނީ ތައްޔާރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް