ހުޅުމާލޭ ހިނގި އެކްސިޑެންޓަކާއި ގުޅިގެން މާރާމާރީއެއް ހިންގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ، ރޭ 21:40 އެހާކަންހާއިރު ހުޅުމާލޭ ފޭސް 1 ގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދެމީހަކު މާރާމާރީ ހިންގި މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި އެކްސިޑްންޓްގެ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ.
އަދި އެކްސިޑެންޓް ހިނގުމުން އެ ދެ ސައިކަލް ދުއްވަން ތިބި މީހުން ވަނީ އެކެއް އަނެކެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައެވެ. އޭގެ އިރުކޮޅެއް ފަހުން ފުލުހުން ވަނީ ސީންއަށް ހާޒިރުވެ މީހުންގެ ބަޔާން ނަގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް