މާފަންނު ގެެއެއްގެ ބެލްކަނިން ބައެއް ވެއްޓި، މީހަކަށް އަނިޔާވެއްޖެ
މާލެ ސިޓީ މާފަންނު ގެެއެއްގެ ބެލްކަނިން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އިން ބުނެފައިވަނީ މާފަންނު ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި ބެލްކަނިން ވެއްޓުނު ބައިން ޖެހި މަގުމަތީގައި ހުރި ސައިކަލު ތަކަކަށްވެސް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާއިން އިތުރަށް ބުނެފައިވަނީ އަނިޔާވި މީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންކަމަށެވެ.
އަދި މިމައްސަލަ ކަމާއި ބެހޭ އިދާރާތަކާއި ހިއްސާކޮށް މިމަައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް