މޯލްޑިވިއަން އިން ރީފަންޑް ޕޯޓަލް އެއް ތައާރަފް ކޮށްފި
މޯލްޑިވިއަން އިން ރީފަންޑް ޕޯޓަލް އެއް ތައާރަފް ކޮށްފިއެވެ.
މިޕޯޓަލް ތައާރަފް ކުރުމުގެ ބޭނުމަކީ ރިފަންޑް ކުރުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންސް އިން ބުންޏެވެ.
ޕޯޓަލް އަށް ވަދެވޭނީ އައިލެންޑް އޭވިއޭޝަން ގެ ވެބްސައިޓް މެދުވެރިކޮށް ކަމަށާއި ޕޯޓަލް މެދުވެރިކޮށް ރިފަންޑް ކުރުމާއި ބޭންކު މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ފަސޭހަ ކަމާއި އެކު ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މިޕޯޓަލް އަށް ފަސޭހަ ކަމާއި އެކު ރިފަންޑަށް އެދި ހުށައެޅުމުގެ އިތުރުން، ރިފަންޑިން ގެ މަސައްކަތް ކުރިއަށް ދާވަރު ފަސޭހަ ކަމާއި އެކު ބަލާލެވޭނެއެވެ. މީގެ އިތުރުންވެސް މި ޕޯޓަލް ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުޅުވާލެވިފައި ހުންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް