ބޮލުން އިސްތަށި ފޭބުން ހުއްޓުވާނީ ކިހިނެއް؟
ބޮލުން އިސްތަށި ފޭބުމަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ.
މުޅި ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ދިމާވެއެވެ. ކޮންމެ މީހަކުވެސް ރީތި، ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުންވާނެއެވެ. އެހެންނަމަވެސް އެކި އެކި ސަބަބުތަކާ ގުޅިގެން ބޮލުން އިސްތަށި ފައިބަން މެދުވެރިވަނީއެވެ.
މި ލިޔުމުގައި މި ބަލާލަނީ، ބޮލުން އިސްތަށި ފޭބުން ހުއްޓުވައި، ދުޅަހެޔޮ އިސްތަށިގަނޑެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން، ޝޭމްޕޫ ލައިގެން ބޮލުގެ އިސްތަށިގަނޑު ދޮވވުމަކީ ބޮލުން އިސްތަށި ފައިބަން މެދުވެރި ކުރުވާނެ ކަމެކެވެ. އެހެންނަމަވެސް އެއީ މުޅިއަކުން ރަނގަޅޅު ހީއެއް ނޫނެވެ. ގިނައިން ބޯ ދޮންނަ ނަމަ، ބޮލުގެ ތަލަ ސާފުކޮށްދެއެވެ. އަދި އިސްތަށި ފޭބުންވެސް ދުރު ކޮށްދެއެވެ.
ވިޓަމިން އަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާނެ އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑަށްވެސް ވިޓަމިން ބޭނުންވެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ވިޓަމިން އެކުލެވޭ ކާނާ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.
ބޮލުގެ ތަލަައިގެ ދުޅަހެޔޮ ކަމަކީވެސް، އިސްތަށިގަނޑުގެ ސިއްހަތާ ގުޅިފައިވާ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ބޮލުގެ ތަލަ، ތެޔޮ ލައިގެން ރަނގަޅަށް މަސާޖު ކުރާށެވެ. މިއީ އިސްތަށި އަލުން ފަޅައި، އިސްތަށި ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބޮލުގައި ލެވިދާނެ ރަނގަޅު ތެލުގެ ތެރޭގައި ކާށި ތެލލާއި، ޒައިތޫނި ތެލާއި، ރޯސްމެރީ ހިމެނެއެވެ.
ލޮނުމެދު، ފިޔާ، އަދި އިނގުރަކީ ހަމައެކަނި ކައްކަން ބޭނުންކުރަންވީ އެއްޗެއްސެއް ނޫނެވެ. މިއީ ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އެއްވަނައިގެ ތަކެއްޗެވެ. މި ތިނެތިން ކުރެ އެއްޗެއްގެ ޖޫސް ތައްޔާރު ކުރުމަށްފަހު ނިދުމުގެ ކުރިން ބޮލުގައި ހާކާށެވެ. އަދި އަނެއް ދުވަހާހަމައަށް ބަހައްޓާށެވެ. ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކުވެސް މިގޮތަށް އަމަލު ކުރާށެވެ. ތަފާތު ފެންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް