ބައިނަލްއަގްވާމީ ކަރާޓީ މުބާރާތަކުން ރާއްޖެއަށް ރަންވަނަތަކެއް!
އަވަށްޓެރި ސްރީލަންކާގައި ކުރިއަށްދިޔަ ކަރާޓީ މުބާރާތަކުން ދިވެހިރާއްޖޭގެ ބައިވެރިން ރަންވަނަތަކެއް ހާސިލްކޮށްފިއެވެ.
އިންޓަނޭޝަނަލް ގިމަހާ ކަރާޓީ ޗެމްޕިއަންޝިޕް 2019 އިން ރާއްޖެ ޓީމުން ވަނީ ރަން އަދި ރިހި މެޑަލްތަކެއް ހޯދާފައެވެ.
އެގޮތުން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ އަންހެން ބައިވެރިންވެސް ވަނީ ރަން މެޑަލް ހާސިލް ކޮށްފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ދެ ފުލުސް އޮފިސަރުންކަމުގައިވާ ޕޮލިސް އިންސްޕެކްޓަރ އިބްރާހީމް ޒުހައިރާއި ޕޮލިސް ސްޓާފް ސާޖަންޓް އަހުމަދު ފަޒީލްވެސް ވަނީ ބައިވެރިވެފައެވެ.
މި ދެ ފަރާތުންވެސްވަނީ ބައިވެރިވި ކެޓަގަރީން ރަން މެޑަލް ހާސިލްކޮށްފައެވެ.
މި މުބާރާތުގައި ރާއްޖޭ ކަރާޓީ އެސޯސިއޭޝަނުން ވަނީ 8 ދިވެހިން ވާދަކޮށްފައެވެ. މި ޓީމުގައި ހިމެނެނީ 6 ފިރިހެނުންނާއި ދެ އަންހެނުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް