ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު-- ފޮޓޯ/ކަރެކްޝަންސް
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު-- ފޮޓޯ/ކަރެކްޝަންސް
ހަބަރު 15 Nov 2023 | 14:06

ސީޕީ އަހްމަދު އިސްތިއުފާ ދެއްވަން ނިންމަވައި ސިޓީ ހުށަހަޅުއްވައިފި!

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފިއެވެ.

ސީޕީ އަހުމަދު އިސްތިއުފާ ދެއްވަން ނިންމަވައި ކަރެކްޝަންސްގެ މުވައްޒަފުންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުން، އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް އިބްރާޙީމް މުހައްމަދު ޞާލިހަށް މިހާރު ވަނީ ހުށަހަޅުއްވައިފައެވެ. އަދި އެ މަގާމުން ރަސްމީކޮށް ވަކިވެވަޑައިގަންނަވާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް އެ މެސެޖްގައިވެއެވެ.

ސީޕީގެ މެސެޖުގައި އޭނާ ވަނީ ވޭތުވެދިޔަ ތިން އަހަރާއި 10 މަހެއްހާ ދުވަހުގެ ތެރޭގައި ކަރެކްޝަންސްގެ ހުރިހާ އޮފިސަރުނާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި، އޭނާގެ ގާބިލްކަން ހުރި މިންވަރަކުން ކަރެކްޝަންސްގެ ކުރިއެރުމަށް މަސައްކަތް ކުރައްވާފައި ވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ކަރެކްޝަނަލް ސާވިސްގެ އަމާޒުތަކަށް ވާސިލް ވުމަށް އެންމެންނާ އެކީގައި މަސައްކަތް ކުރެވުނީތީ އެކަމާ އުފާ ކުރަން. ހުރިހާ އެންމެންނަށް ވެސް މުސްތަގްބަލްގައި ކާމިޔާބީއަށް އެދެން،" ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާދަމާގެ ވަގުތެއްގައި ހުރިހާ ޖަލުތަކަށާއި ކޮމާންޑްތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަޤާމަށް އަހްމަދު އައްޔަނުކުރެވުނީ 2020ޖެނުއަރީ 21، 2020 ގައެވެ. އެ މަގާމު އަހްމަދާ ހަވާލު ކުރެވުނީ ކުރިން ސީޕީކަން ކުރެއްވި އަބްދުالله މުނާޒް މަގާމުން ވަކިކުރެއްވުމުންނެވެ. ސީޕީއަކަށް ވެވަަޑައިގެންނެވުމުގެ ކުރިން އަހްމަދު ހުންނެވީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.