މިދިޔަ މަހު އެންމެ ގިނަ މުދާ ބޭރުކުރީ ޖަރުމަނަށް
ނިމިދިޔަ މަހުގެ ތެރޭގައި ދިވެހިރާއްޖެއިން އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ޖަރުމަނުވިލާތަށްކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު އެންގެ ގިނައިން ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނަށެވެ. ދެވަނައަށް އެމެރިކާ އަދި ތިންވަނައަށް އިނގިރޭސީވިލާތަށެވެ. ދެން ފްރާންސް އަދި ތައިލެންޑަށެވެ.
ރާއްޖެއަށް މިދިޔަ މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގަކީ 3.8 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނައަށް ޗައިނާ އަދި ތިންވަނަ އަށް ސިންގަޕޫރެވެ. ހަތަރު ވަނައިގައި އިންޑިއާ އޮތްއިރު ފަސް ވަނައިގައި މެލޭޝިއާ އެވެ.
މި މުދާތަކުން ދައުލަތަށް ލިބުނު އާމްދަނީގެ އަދަދަކީ 306.6 މިލިއަން ރުފިޔާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް