އިނގިރޭސީންގެ އާ ބޮޑުވަޒީރަކަށް ބޮރިސް ޖޯންސަން!
އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރކަމުގެ އެގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ އަދި ލަންޑަންގެ ކުރީގެ މޭޔަރ ބޮރިސް ޖޯންސަން އައްޔަންކޮށްފިއެވެ.
ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ވޯޓުގައި އިސްކޮށް ކެމްޕެއިންކުރެއްވި ބޮރިސް އެމަގާމަށް އައްޔަންކޮށްފައިވަނީ އެޕާޓީގެ 92،000އަށްވުރެ ގިނަ މެންބަރުންގެ ވޯޓުންނެވެ.
އިނގިރޭސިވިލާތުގެ ބަރުލަމާނީ ނިޒާމުގައި އެންމެ ގިނަ މަޖިލީހުގެ ގޮނޑި ކޮންޒަވޭޓިވް ޕާޓީގެ ކިބައިގައި އޮތުމުން ބޮރިސް ވެގެންދާނީ އެގައުމުގެ އާ ބޮޑުވަޒީރުކަމަށެވެ.
އެމަގާމު ކަށަވަރުވުމާއި އެކު ދެއްވި ތަގުރީރުގައި ބޮރިސް ވިދާޅުވީ އޮކްޓޯބަރު 31ގެ ކުރިން ބްރެކްސިޓްގެ ކަންކަން ނިންމަަވައި، އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ ފުރިހަަމަ ބޭނުން ކުރައްވާނެކަމަށެވެ.
ބޮރިސް އަކީ އިނގިރޭސިވިލާތުގެ ޓްރަމްޕްކަމަށް ގިނަބަޔަކު ސިފަކުރެއެވެ. ސަބަބަކީ ބޮރިސްއަކީވެސް މުސްލިމުންނާއި އަދި ހިޖުރަވެރިންނާއި ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވާ ބޭފުޅަކަށް ވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް