ގާސިމް މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރ ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
ހަމީދު ވިދާޅުވީ ގާސިމްގެ މަރާއި ގުޅިގެން މީގެ ކުޑަވަގުތުކޮޅެއްގެ ކުރިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ފުލުހުން ހިންގި ތަހުގީގީ މަސައްކަތާއި މެދު ވަރަށް ބޮޑަށް ފަޚުރުވެރިވެ ވަަޑައިގަންނަވާކަމަށެވެ.
އަދި މިކަމުގެ އިތުރު ތަފްސީލްތައް މާދަމާ ހިއްސާ ކުރެވިގެން ދާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް