އެވޯން ފުލްމިރާ ފަރުނީޗަރުތައް/ ފޮޓޯ: ވޮއިސް
އެވޯން ފުލްމިރާ ފަރުނީޗަރުތައް/ ފޮޓޯ: ވޮއިސް
ވިޔަފާރި 16 Mar 2023 | 09:00

އެވޯން ފުލްމިރާ ފަރުނީޗަރު މާ ޗާލު!

އެވޯން އަކީ 100 ޕަސެންޓު ދިވެހި ލަގްޒަރީ ފަރުނީޗަރުގެ ބްރޭންޑެކެވެ. ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދަމުންދާ އެވޯން ފަރުނީޗަރުތަކުގެ ތެެރެއިން ފުލްމިރާ ފަރުނީޗަރުތަކަށް އާންމުންގެ ޚާއްސަ ސަމާލުކަމެއް ވަނީ ހުއްޓުފައެވެ.

ފުލްމިރާ ފަރުނީޗަރުތަކަކީ ވަށައިގެން ލޯގަނޑު ބޭނުންކޮށްގެން ފަރުމާކޮށްފައި ހުންނަ ފަރުނީޗަރުތަކަށް ވާތީ، ބަލާލަން ވަރަށް ހިތްގައިމެވެ.

އެވޯންއިން ވިއްކާ މީގެ ފަރުނީޗަރުގެ ތެރޭގައި ބެޑް ސައިޑް ޓޭބަލް، ޗެސްޓް ޑްރޯވާ، ހޮލީވުޑް މިރާ އަދި ޑްރެސިން ޓޭބަލް ހިމެނެއެވެ.

މި ފަރުނީޗަރުތަކުގެ ތެރެއިންވެސް އެވޯން ހޮލީވުޑް ލޯގަނޑަކީ ވަރަށް ތަފާތު ވައްތަރެއްގެ ލޯގަނޑެކެވެ.

މި ލޯގަނޑު ފަރުމާކޮށްފައި ހުންނަ ޑިސައިންތަކުގެ ސަބަބުން ކޮޓަރިއަށް ހިތްގައިމުކަން ގެނެސްދެއެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މި ވައްތަރުގެ ލޯގަނޑުގެ 3 ސައިޒެއް އެވޯންއިން ލިބެން ހުންނާނެއެވެ.

ކޮޓަރީގެ ސައިޒާއި ގުޅޭ، އަދި ފިޓު ކުރެވޭގޮތަށް ލޯގަނޑު ފަރުމާކޮށްފައި ވުމުން، މިއީ ކޮޓަރީގެ އާބާތުރަ ފިލުވާލުމަށް ވަރަށް ފުރިހަމަ ފަރުނީޗަރަކަށް ވެެގެންދާނެއެވެ.

އެވޯންއިން ވިއްކާ ފުލްމިރާ ފަރުނީޗަރުތައް 

އޭގެ އިތުރުން ވެސް އެވޯން ފުލްމިރާ ނުވަތަ ވަށައިގެން ލޯގަނޑު ހަރުކޮށްފައި ހުންނަ ޗެސްޓު ޑްރޯވާ އަދި ޑްރެސިން ޓޭަބަލްއަކީ ވެސް ތަފާތު ރީތި ފަރުނީޗަރުތަކެކެވެ. ވަށައިގެން ލޯގަނޑު ހަރުކޮށްފައި ހުރުމުން، ފަރުނީޗަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އެވޯންއިން ވިއްކާ ވަށައިގެން ލޯގަނޑު ހަރުކޮށްފައި ހުންނަ ފަރުނީޗަރުގެ ޑިޒައިންތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭ، ލަގްޒަރީ ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ފަރުނީޗަރުތަކެވެ.

އެއީ އެވޯންގެ އަމިއްލަ އުފެއްދުންތައް ކަމަށްވާތީ އެ ޑިޒައިންތައް ލިބެން ހުންނާނީވެސް ހަމައެކަނި އެ ފިހާރައިންނެވެ.

ދިވެހިރާއްޖޭގެ ލަގްރަޒީ ބްރޭންޑެއްކަމަށްވާ އެވޯންގެ މަގްސަދަކީ، ލަގްޒަރީ ފަރުނީޗަރު އަތްފޯރާ އަގުތަކެއްގައި ދިވެހިންނާއި ހަމަޔަށް ތިލަކޮށްދިނުމެވެ. ހިތްގައިމު ފަރުނީޗަރު ތަކާއެކު ގޭތެރެ އަޕްގްރޭޑުކޮށްލުމަށް އެވޯން ބްރޭންޑަކީ "މާ ސަޅި" ބްރޭންޑެކެވެ.

އެވޯންއިން ލިބެން ހުންނަ ފަރުނީޗަރުތައް ބަލާލުމަށް އެ ފިހާރައިގެ އިންސާގްރާމް ޕޭޖަށްވެސް ޒިޔާރަތްކޮށްލެވޭނެއެވެ. އަދި ހުޅުމާލޭގައި ހުންނަ އެވޯން ފިހާރައަށް ޒިޔާރަތްކޮށްލައިގެން ވެސް ފަރުނީޗަރުތައް ބަލާލެވޭނެއެވެ.

ގެއާއި ގުޅޭގޮތަށް ފަރުނީޗަރުތައް އިޚްތިޔާރުކުރުމަށް އެވޯންގެ އެހީތެރިކަން ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް އެވޯންއިން ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް