އެސްޓީއޯ ކާޑު ގުދަނުގައި އަވިން ހަކަތަ އުފައްދޭނެ ނިޒާމް ޤާއިމްކުރަނީ-- ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ކާޑު ގުދަނުގައި އަވިން ހަކަތަ އުފައްދޭނެ ނިޒާމް ޤާއިމްކުރަނީ-- ފޮޓޯ: އެސްޓީއޯ
ވިޔަފާރި 16 Sep 2022 | 09:48

އެސްޓީއޯ ކާޑު ގުދަނުގައި އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކޮށްފި

އެސްޓީއޯ ކާޑު ގުދަނުގައި އަވިން ހަކަތަ އުފެއްދޭނެ ނިޒާމް ޤާއިމްކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، މިއީ އެކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލޮޓް ޕްރޮޖެކްޓެއްކަމަށެވެ.

މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެންހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން އެ ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ސޯލާ އެނާޖީއިން ބޭނުންކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރެވެމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓް ކަމަށެވެ.

އަދި އެ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނަރޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ރޭވިފައިވާ ކަމަށާ، ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުން ކަަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް