ރާއްޖޭގައި ބާއްވާ ހަމަ އެކަނި މަޖިލިސް ޕްރައިމަރީ ފެށިގެން ކުރިއަށް
މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަނޑައެޅުމަށް ބާއްވާ ޕާޓީ ޕްރައިމެރީގެ ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށިގެން ކުރިއށް އެބަދެއެވެ.
މި އިންތިޚާބުގައި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރާ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން މިއަދު 14:30 ފެށިގެން 20:30 އާހަމައަށް ކުރިއަށް ދާނެއެވެ.
މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއެވެ. މިހާރު މި ގައުމުތަކުގައި ވެސް ވޯޓްލުން ފަށައިގެން ކުރިއަށްދެއެވެ.
މިއަދު ބާއްވާ އެމްޑީޕީގެ ޕްރައިމެރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް