ޑިންގީ ބަންޑުން ޖަހާލައިގެން ނިޔާވީ ފަތުރުވެރިއެއް!
ދ.ކުޑަހުވަދޫ ކަނޑުއޮޅިން ދަތުރުކުރަމުންދަނިކޮށް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ފަތުރުވެރިއެއްކަމަށް އެނގިއްޖެއެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ސްވިޑެންއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.
އެމްއެންޑީއެފުން ބުނީ ދ.ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައެވެ. މި ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އެއީ، 4 ބޭރު މީހުންނާއި 2 ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް