N/A
N/A
ހަބަރު 06 Feb 2019 | 11:38

ސަރުކާރަށް ޚިދުމަތްކޮށްގެން މިޖެހުނީ ސުމެއްގައި - ކުރީގެ ނާއިބް ރައީސް ޖިހާދު

ރެހެންދި ފްލެޓް އޭނާއަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި އޮތީ ދައުލަތުގެ އެހެން އިސްފަރާތްތަކަށްވެސް ފްލެޓް ހަމަޖައްސައިދޭން ސަރުކާރުން ކަނޑައެޅި އުސޫލާއި އެއްގޮތަށް ކަމަށާއި އެކަމުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުގެ އިގިލި ދިއްކުރާތީ ހިތާމަކުރައްވާކަމަށް ކުރީގެ ނާއިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނާއިބް ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޖިހާދު ހަމަޖެއްސެވުމުންވެސް އޭނާ ދިރިއުޅުއްވަމުންގެންދެވީ އަނބިކަނބަލުންގެ ބައްޕަގެ ގެކަމުގައިވާ މ ވެސްޓް ވިއުގައެވެ.

ހަމަޖެހިފައި އޮންނަގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ސަރުކާރުގެ އެކޮމެޑޭޝަން ހަމަޖައްސަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުކަމުގައި ކުރިން ހުރި ތީމުގޭގައި ދިރިއުޅުއްވަން ޚަރަދު ބޮޑުވާކަމަށްވިދާޅުވެ އެއިމާރާތް ދޫކުރައްވައި މުލިއާގެއަށް 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ބަދަލުވެވަޑައިގަތުމުން ރައީސްގެ ގަނޑުވަރު ނުވަތަ ދިރިއުޅުއްވާ ރަސްމީ ގެކޮޅަކަށް ހަމަޖެހިގެންދިޔައީ މުލިއާގެއެވެ. ނާއިބް ރައީސަށް ހިލާލީގެއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމުން ރައީސްކަމާ ހަވާލުވެވަޑައިގަތް ނާއިބް ރައީސް މުލިއާގެއަށް ބަދަލުވެވަޑައިނުގެން ހިލާލީގޭގައި ހުންނަވާފައި ނާއިބް ރައީސަށް އައްޔަން ކުރެއްވި މުހައްމަދު ވަހީދުއްދީން ދައުލަތުގެ އެކޮމޮޑޭޝަން ބޭނުންފުޅުނުކުރައްވަން ނިންމެވުމުން ވަހީދު މުލިއާގެއަށް ބަދަލުވެވަޑައިނުގެން އުޅުއްވީ ހިލާލީގޭގައެވެ. 2013 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޔާމީންވެސް މުލިއާގެ ބަދަލުވެވަޑައިނުގެން ފުރަތަމަ ކޮޅު ދިރިއުޅުއްވީ އަމިއްލަފުޅުގޭގައެވެ. ނާއިބްރައީސް މުހައްމަދު ޖަމީލު އަހުމަދު ހިލާލީހގޭގައި އުޅުއްވާފައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ދުރުކުރުމުން ދުވަސްކޮޅެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އުޅުއްވާގެކޮޅަކަށް ހެއްދެވީ ހިލާލީގެއެވެ.

ނާއިބް ރައީސްކަމަށް އަބްދުﷲ ޖިހާދު ރައީސް ޔާމީން އައްޔަން ކުރެއްވީ ޖަމީލަށްފަހު ދެން ނާއިބްރައީސްކަމަށް އައްޔަންކުރެވުނު އަހުމަދު އަދީބުވެސް މަޖިލީހުގެތެރެއިން މަގާމުން ދުރުކުރުމަށްފަހުއެވެ. ނާއިބް ރައީސަށް ޖިހާދު ހަމަޖެއްސެވުމަށްފަހު ދައުލަތުން އޭނާއަށް އެއްވެސް އެކޮމޮޑޭޝަނެއް ހަމަޖައްސަވާފައެއް ނުވެއެވެ. މަގާމުގައި އަނބިކަނބަލުންގެ ބައްޕަގެ ގޭގައި 8 މަސް ދުވަހު އުޅުއްވުމަށްފަހު އެގޭގައި ދިރިއުޅުއްވަން ދަތިފުޅުވެގެން އެހެން އެކޮމޮޑޭޝަނެއް ހޯއްދަވަން އުޅުއްވުމުގެތެރޭގައި ރެހެންދި ފްލެޓްގައި ސޯޝަލް ހައުސިން ސްކީމަށް ސަރުކާރަށް ހުރި ދެ އެޕާޓްމަންޓެއް ހުރުމުން އެތަނަށް ބަދަލުވެވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

" އެއީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބަކު ހުންނަން ހަދާފައި ހުރިތަނެއްނޫން. ވަރަށް އާދައިގެ ދިރިއުޅުމަކަށް އެއްކޮޓަރި އެޓޭޗް ޓޮއިލެޓް އަނެއް ދެކޮޓަރީގެ ބޭރުން ޓޮއިލެޓް ޝެއަރކުރާގޮތަށް އަދި ވަރަށް ކުދި ކޮޓަރި ތަކެއް. އަޅުގަނޑުގެ އަންހެންދަރިންތިބޭތީ އެގޮތަކަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވުނު އެގޮތަށް ހުރިތަނަކަށް ބަދަލުވާކަށް. ދެން ހައުސިން މިނިސްޓްރީން އެތަނަށް ގެނައި ބަދަލެއްގައި ޚަރަދެއް ހިންގާފައި އޮތުމަކީ އަޅުގަނޑު ޒިންމާވާންޖެހޭކަމަކަށް ހަދަންވީ ކީއްވެތޯ"

ޖިހާދު ވިދާޅުވީ ނާއިބް ރައީސްގެ ގޮތުގައި އަންހެނުންގެ ބައްޕަގެ ގޭގައި ދިރިއުޅުއްވިއިރު ދައުލަތުގެ އެއްވެސް ޚަރަދެއް، ސަރުކާރުން ދައްކާފައިވާ ކަރަންޓް ބިލެއް ފެން ބިލެއް، އަދި އެހެން ޚަރަދެއްވެސް ނޯންނާނެކަމަށެވެ.

ނާއިބް ރައީސެއްގައި ގޮތުގައި އޭނާ ހުންނެވުމުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިންނަށް ރެހެންދި ފްލެޓުން އެޕާޓްމަންޓް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އުސޫލުގެތެރެއިން އޭނާއަށް އެޕާޓްމަންޓެއް ހަމަޖެއްސެވުމުން އެންޓި ކޮރޮޕްޝަން ކޮމިޝަނުން އެކަން ހުއްޓުވަންވީ ކީއްވެތޯ އޭނާ ސުވާލު އުފައްދަވައެވެ. އޭސީސީގެ ރައީސަށް ފްލެޓް ހަމަޖައްސަވައިދެއްވިއިރު އެއީ އޭސީސީން ކަންބޮޑުވާކަމަކަށް ނުވެފައި އަދި ހަމަ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ހަމަޖައްސަވާދެއްވާދެއްވާފައި، ޕްރޮސެކިއުޓަރޖެނެރަލަށް ހަމަޖައްސަވާދެއްވާފައި، ހަމަ އެރައީސް ނާއިބް ރައީސަށް ހަމަޖައްސަވައިދެއްވުމުން އެކަން ބަލައިނުގަތުމުން ކަންބޮޑުވާކަމަށް ޖިހާދު ވިދާޅުވިއެވެ.

"އިންތިޚާބެއް ބާއްވާފައި އޮތަސް ސަރުކާރުން ހިންގަން ރައީސުލްޖުމްހޫރިއްޔާއެއް ހުރި. އެވެރިކަން ނިމުނީ 17 ނޮވެމްބަރ ގައި. ނޮވެމްބަރ 11 ވެސް އައުމުގެ ކުރިން ރައީސް ނިންމަވާފައި އޮތް ނިންމެވުމެއް. އެއޮތީ ހަމަޖެއްސެވި އުސޫލު. ހަމަ އެއް އުސޫލެއް. ކޮބައިތޯ ވިދާޅުވެބައްލަވަ އަޅުގަނޑުގެ މައްސަލައެއް. ހައުސިން މިނިސްޓްރީން އެކަން ނުކުރީ އަޅުގަނޑު ރާއްޖެތެރޭ މީހަކަށްވީމާތޯ. އެގްރިމެންޓް ނުކުރީ ޖިހާދުގެ މައްސަލައަކުންތޯ"

" ދައުރުނިމުނަސް އަހަރެން މިބުނަނީ އެހެންމީހުންނަށްވެސް އެބަހުއްޓޭ ރެހެންދިން ތަންތަން ދީފައި.. ޖިހާދަށް ވީމާހޭ މައްސަލައަކީ. އޭސީސީގެ ރައީސަށްވެސް އެހެރީ ދީފައި. އުއްތަމަ ފަނޑިޔާރަށް އެހުރީ ދީފައި..ކުރީގެ ޕީޖީ މުޖްތާޒުގެ ވަޒީފާ ގެއްލުނީ އަދިވެސް ފްލެޓް އޮވޭ އެމީހުންނަށް. އަލީ ހަމީދުއަށްވެސް. އަހަރެންނަކީ އެއްވެސް ކުށެއްކުރި މީހެއްނޫން"

ދެންޖައްސާ މައްސަލައަކީ ކޮބައިތޯ . ޖިހާދަށް އެބައޮތްތޯ ސަރުކާރުން ދިން އެއްޗެއް. ރަށުންވިޔަސް މާލޭންވިޔަސް ގޯއްޗެއް ފްލެޓެއްނެތް. ކޮނެގެން ހުރިހާކަމެއް ބަލާ. ޖިހާދުގެ ފަޅުރަށެއްވެސް ނޯންނާނެ. މަސްދޯންޏެއްވެސް ނޯންނާނެ..ރިސޯޓެއްވެސް ނޯންނާނެ"

ކުރީގެ ނާއިބް ރައީސް ވިދާޅުވީ އަބްދުﷲ ޔާމީންގެ ސަރުކާރު ފިޔަވައި އެހެން ހުރިހައި ސަރުކާރުތަކުގައިވެސް ފްލެޓަށް އޭނާ ކުރިމަތިލެއްވިކަމުގައެވެ. އެކަމަކު ގުރުއަތުން ނޮހޮވެނީއެވެ. ޔާމީންގެ ސަރުކާރުގައި އޭނާ ނުލެއްވީ ހުންނެވި މަގާމުގެ ގޮތުންނެވެ.

"ތިން ސަރުކާރުގެ މިނިސްޓަރކަން ކުރިން. އެމްއެމްއޭގެ ގަވަރނަރުކަންކުރިން. ވައިސް ގަވަރނަރކަން. ސީއެސްސީގެ މެމްބަރުކަން. އިންލެންޑް ރެވެނިއުގެ ހެޑްކަންކުރިން 9 އަހަރުވަންދެން. ބަޔަކު މީހުން ކިތަންމެ ވަރަކަށް އަގުވަށްޓާލަން އުޅުނެއްކަމަކު ސަރުކާރަށް ޚިދުމަތްނުކުރާކަމަކަށްނުވާނެ"

ސަރުކާރުގެ އިސްމަގާމްތައް ފުރުއްވައި މުޅި އުމުރު ސަރުކާރަށް ޚިދުމަތްކުރުމުންވެސް އޭނާއަށް ޕެންޝަންހާ ހިސާބުވެސް ލިބޭގޮތް ނުވިކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް ޚިދުމަތްކުރަމުންގޮސް 2008 ވަނަ އަހަރު ރައީސް މައުމޫން ވިދާޅުވެގެން އޭނާ ފިނޭންސް މިނިސްޓަރކަމާއި ހަވާލުވެވަޑައިގެންނެވިއިރު 19 އަހަރާއި 8 މަހު ސަރުކާރަށް ޚިދުމަތްކުރެވި ޕެންޝަން ލިބެން އޮތީ އެންމެ 4 މަހެވެ. އެކަމަކު އެ ހަތަރު މަސްތެރޭގައި ސަރުކާރު ބަދަލުވުމުން 20 އަހަރު ވުމުން ލިބޭ ޕެންޝަނުން މަހްރޫމްވިއެވެ. އެކްރޫޑް ޕެންޝަން އައީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެކަމަކު އެގާނޫނަށް އަމަލުކުރި އިރު ސަރުކާރުން ބޭރުގައި ހުންނަންޖެހުމުން އެކްރޫޑް ޕެންޝަންވެސް ލިބިވަޑައިނުގަތެވެ.

"އެހެންވީމާ ސުމެއް ނޫންތޯ މިޖެހުނީ ސަރުކާރަށް ޚިދުމަތްކޮށްގެން. ކެތްގަދައެއްނު. މިހާރު އަޅުގަނޑު އަމިއްލަ ނަފްސާސުވާލުކުރަންވެއްޖެ ކީއްވެހޭ އަމިއްލަ ނަފްސަށް ގެއްލުންވާގޮތަށް ޚިދުމަތްކުރީ.

"މިހާރު މި ނުގަވާއިދުން ކަންކުރީއަކީނޫން. މިއޮތީ ރައީސްގެ ސިޓީ. އެކަންކުރަން އޮންނައުސޫލަކުން އެކަންކުރަން އުޅުނީމާ އެކަމަށް ހުރަސްއެޅުމަކީ ވަރަށް ގޯސްކަމެއް. ޖިހާދަށް ނުދިނަސް ކޮންމެވެސް އެހެންމީހަކަށްވެސް އެތަންދޭނެނު"

ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ދިރިއުޅެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަރުކާރުން އުސޫލެއް ތައާރަފްކުރެއްވީ އެބޭފުޅުންނަކީ އެބޭފުޅުން ތިއްބެވި މަގާމުގެ ގޮތުން ކޮރަޕްޝަނާއި އެހެނިހެން ނުފޫޒުތަކުން ދުރުވެ މިނިވަން އަދި ނަޒާހަތްތެރި ދިރިއުޅުމެއް އުޅުމަށް އެބޭފުޅުންނަށް މަގުތަނަވަސްކޮށްދެއްވުމުގެ ގޮތުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...