ސްނޯކްލިން އަށް ފޭބި މީހަކު ގެނބިގެން މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކ. އަތޮޅު ފިހަޅޮހި ރިސޯޓުގައި، ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދާ ކަމަށް މިއަދު 11:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެއީ 67 އަހަރުގެ ރަޝިޔާ ފިރިހެނެއް ކަމަށާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މިދުވަސް ވަރަކީ ވިއްސާރަވެ، ކަނޑުތައްވެސް ގަދަ ދުވަސއ ވަރަކަށް ވުމުން، މޫދަށް އެރުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް