އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަނީ
އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ އެކްސިޑެންޓް ހިނގި ސީން ގެ ސީސީޓީވީ ފޫޓޭޖް ހިއްސާކޮށް، އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހުންނަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން, އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށެވެ.
ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް