ތިނަދޫއަށް ކުރަމުންދާ ވިއްސާރާގައި 50ގެއަކަށް ފެންވަދެއްޖެ
ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި، ގދ.ތިނަދޫއަށް ވާރޭވެހި 50ގެއެއްގައި ފެންބޮޑުވެއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ތިނަދޫ އުތުރު އަވަށުގެ ގިނަ ގެތަކަށް ފެން ވަދެފައިވާކަމަށާއި އެކަމާއި ގުޅިގެން އެމްއެންޑީއެފް އާއި ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
ފުލުހުން ވިދާޅުވީ، ތިނަދޫ 50 ގެއަކަށް ފެންވަދެފައިކަމަށް ރިޕޯޓްކޮށްފައިވާާއިރު، އިތުރު ގެތަކަށް ފެން ވަނުނަ ނުދިނުުމަށް ފުލުހުންނާއި ސިފައިން ދަނީ ވެލި ބަސްތާ ޖަހަމުންނެވެ.
އުތުރު އަވަށުން ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން އަންނައިރު، އާންމުންގެ ތަކެތި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ގދ.ތިނަދޫ އަކީ އާންމުގޮތެއްގައި ބޯކޮށްވާރޭ ވެހޭނަމަ ފެންބޮޑުވާ ރަށެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް