ޖޯޒީ އެމްވީ އަށް އަހަރު ފުރުމާއި ގުޅިގެން ކޭކު ފަޅާނީ
ޖޯޒީ އެމްވީ އަށް އަހަރު ފުރުމާއި ގުޅިގެން ކޭކު ފަޅާނީ
ވިޔަފާރި 18 May 2023 | 14:28

ޖޯޒީ އެމްވީއަށް އަހަރެއް، ފެކްޓްރީ ކޮލަމްބޯގައި

ޖޯޒީ އެމްވީ އަށް އަހަރު ފުރުމާއި ގުޅުވައި އެ ފިހާރައިގެ ފެކްޓްރީއެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވައިފި އެވެ.

ޖޯޒީ އެމްވީން ބުނީ ކޮލަމްބޯގައި ހިންގާ ފެކްޓަރީގައި މިވަގުތު 15 މުއައްޒަފުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ޖޯޒީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް އަވަހަށް ޑެލިވަރީ ކޮށްދިނުމުގެ މަގުސަދުގައި 2022 މެއި 18 ވަނަ ދުވަހު ވުޖޫދައް އައި ޖޯޒީ އެމްވީން އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އަދި ގިނަ ރިސޯޓް ތަކަށް އެކިއެކި ކުޅިވަރު ތަކަށް ޖޯޒީ ފޯރުކޮށްދެމުންނެވެ.

ޖޯޒީ އެމްވީ އަށް އަހަރެއް ފުރުމާއި ގުޅިގެން މިއަދު ކޮލަމްބޯގައި ހުޅުވުނު ޖޯޒީ އެމްވީ ފެކްޓަރީގައި ވަނީ ކޭކެއް ފަޅާފައެވެ. މިއިވެންޓުގައި ޖޯޒީ އެމްވީގެ ވެރިންނާއި އެ ފެކްޓަރީގައި މަސައްކަތްކުރާ ހީވާގި މުއައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ.

ޖޯޒީ އެމްވީން ބުނީ އެ ފެކްޓްރީގެ އުންމީދަކީ އަބަދުވެސް ކޮލެޓީ ރަނގަޅު އަވަސް ޚިދުމަތް ދިނުން ކަމަށާ، އެގޮތުން މިހާރު ޖޯޒީ އެމްވީގެ ފެކްޓަރީގައި ފަހުގެ މެޝިނަރީސް އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ފެކްޓަރީގެ މަސައްކަތް ޕްލޭންކުރެވޭ ގޮތުން 4 ދުވަސްތެރޭ ސީދާ ކަސްޓަމަރ އަށް އެކްސްޕްރެސް ޑެލިވަރީ ކުރުމަށް ތައްޔާރުވަމުން އަންނަ ކަަމަށްވެސް އެ ފެކްޓަރީން މައުލޫމާތު ދެއެވެ.

ޖޯޒީ އެމްވީ އަކީ ލާމު އަތޮޅު މާވަށުގެ ހީވާގި ދެޒުވާނެއްގެ ބުރަމަސައްކަތުން ކުރިއަރުވަމުން އަންނަ ވިޔަފާރިއެކެވެ. އެ ފެކްޓަރީ އާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 7779025 / 7770932 ގުޅުމަށް ޖޯޒީ އެމްވީން އެދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް