އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ، ޝެރާ "ގްރޫވް" ބޯޑު ސްޓީލް ހާޑްވެއާއިން ނެރެފި
އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ ޓާމައިޓް ފްރީ ޝެރާ ބޯޑުގެ އެންމެފަހުގެ "ގްރޫވް" ބޯޑު ސްޓީލް ހާޑުވެއަރ އިން ނެރެފި އެވެ.
މިފަހުން ސްޓީލް ހާޑުވެއަރ އިން ނެރެފައިވާ ޝެރާ ބޯޑުގެ މި ޝެރާ "ގްރޫވް" ބޯޑަކީ ފިނިޝިން އާއި އިންޓީރިއާ ޑިޒައިނިންއަށް ހާއްސަ، ސީލިންގް ގަޔާއި ފާރުގައި ހަރުކޮށްލަން ބޭނުންކުރެވޭ، އެއްވެސް ޒާތެއްގެ ވަހެއް ނުދުވާ ބޯޑެކެވެ. އަދި ހަމައެހެންމެ، މި ބޯޑަކީ އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ ޓާމައިޓް ފްރީ، ތިމާވެއްޓާއި ނުހަނު ރައްކާތެރި ބޯޑެއް ކަމަށް ސްޓީލް ހާޑުވެއަރ އިން މައުލޫމާތު ދެއެވެ.

އޮރިޖިނަލް ޝެރާ ބޯޑުގެ ހުރިހާ ފީޗާއެއް ޝެރާ ގްރޫވް ބޯޑުގައި ވެސް ހިމެނޭއިރު، ކަސްޓަމަރުން ބޭނުން ކުލައަކަށް، ނުވަތަ ބޭނުން ވައްތަރެއްގެ ވަރނިޝް ލައިގެން ބޯޑު ކަސްޓައިމައިޒް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ލަކުޑީގެ ޓެކްސްޗާ އާއި ފީލް ހުންނަ މި "ގްރޫވް" ބޯޑަކީ ހޮޓެލްތަކާއި ރިސޯޓުތަކަށް ހާއްސަކޮށް ތައާރަފް ކުރި އުފެއްދުމެއް ކަމަށް ސްޓީލް ހާޑުވެއަރ އިން މައުލޫމާތު ދެއެވެ.
ތައިލެންޑުގެ އުފެއްދުމެއް ކަމަށްވާ ޝެރާ ބޯޑަކީ ސްޓީލް ހާޑްވެއާއިން ވިއްކަމުންދާ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް