ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް ވަދެ ވަޅިއަކުން ބިރުދެއްކި މައްސަލައެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް މީހަކު ވަދެ އެ ފިހާރައިތިބި ސްޓާފުންނަށް ފަޅިއަކުން ބިރުދެއްކުމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވަޅިއެއް ހިފައިގެން ވަދެ ބިރުދައްކާފައިވަނީ ފޭސް ދޭއްގައި ހުންނަ އެމްއޭސީއެލްގެ ޓަވަރު ބީގައި ހުންނަ ފިހާރައަށެވެ. ފުލުހުން ބުނީ، ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގާ މައްސަލަ މިއަދު ރިޕޯޓުކޮށްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ވީޑިއޯތަކުން ފެންނަގޮތުން އެ މީހާ ވަނީ ދެ ފަހަރެއްގެ މަތިން ފިހާރައަށްވަދެ މުއައްޒަފުންނަށް ބިރުދައްކާފައެވެ. އެގޮތުން ފިހާރާގައި މަސައްކަތްކުރާ ބައެއް މީހުންނަށް އަތުން ހަމަލާދީފައިވާކަމަށް ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ. ބައެއް ވީޑިއޯތަކުގައި ބަޔަކު މީހުން އޭނާ ހިފަހައްޓައިގެން ބިންމައްޗަށް ވައްޓާލައިގެން އުޅޭ މަންޒަރުވެސް ފެނެއެވެ.
ފިހާރަތަކަށްވަދެ ތޫނު އެއްޗެހިން ބިރުދައްކައި މުދަލާއި ފައިސާ ފޭރުމުގެ މައްސަލަތައް ދޭތެރެއަކުން ހިނގައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް