އުފަންވުމަށްފަހުގައި މި ކުއްޖާ އޮތީ ”ރިލެކްސް މޯޑް“ ގައި؛ މިއީ ”ބޮސް ބޭބީ“ތަ؟
ދުނިޔެއަށް އުފަންވިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި އެއްވެސް ފިކުރެއް ޚިޔާލެއް ނެތި، ހަމަޖެހިލައިގެން ”ރިލެކްސް މޯޑް“ގައި އޮންނަ ފަދައިން އޮތް މިސްރުގެ ތުއްތު ފިރިހެން ކުއްޖެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައި، ވައިރަލްވެއްޖެއެވެ.
މި މަޖާ އަދި ލޯބި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނީ ޤާހިރާގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. އިސްލާމް އެލްދެހް އެވެ. މި ވީޑިއޯއިން ފެންނަނީ ވިހެއުމަށްފަހު ހަދަންޖެހޭ އާންމު ޗެކަޕްތައް ހެދުމަށް ޚާއްޞަ ތަންމަތީގައި އެ ތުއްތު ކުއްޖާ ބާއްވާފައި އޮންނަ މަންޒަރެވެ.
އާންމުކޮށް އަލަށް އުފަންވާ ކުދިން އެވަގުތުގައި ރޮއި ހެދި ނަމަވެސް، މި ކުއްޖާ ފެނިގެންދިޔައީ ވަރަށް އަރާމުގައި އޮތް ތަނެވެ. އޭނާ އޮތީ ދެއަތް ބޯދަށަށް ލައްވާލައި، އެއްފައި މައްޗަށް އަނެއްފައި ވައްޓާލައިގެން، އަތިރިމަތީގައި ޗުއްޓީ ހޭދަކޮށްލަން އޮންނަ މީހަކު ފަދައިން ނުހަނު ފަސޭހަކޮށް ހަމަޖެހިލައިގެންނެވެ.
މި މަންޒަރު ސޯޝަލް މީޑިއާގައި އާއްމު ވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ކުއްޖާއަށް ހުއްޓިފައެވެ. އަދި އިންޓަނެޓުގައި ގިނަ ބަޔަކު އަންނަނީ މި ކަމާ ގުޅުވައިގެން މަޖާ ވާހަކަތަކާއި ކޮމެންޓުތައް ހިއްސާކުރަމުންނެވެ.
އެގޮތުން ބައެއް މީހުން އޭނާ ސިފަކޮށްފައިވަނީ ދިރިއުޅުމުގެ އެއްވެސް ޒިންމާއެއް ނެތި، އަރާމުގައި ދުވަސްތައް ގުނަމުންދާ ރިޓަޔަރޑް މިލިއަނަރެއްގެ ގޮތުގައެވެ. އަދި އަނެއްބައި މީހުން ބުނެފައިވަނީ މިއީ ސްކޫލަށާއި ވަޒީފާއަށް ދާންނުޖެހި، އަދި ބިލްތައް ދައްކަން ނުޖެހޭ ދުވަސްވަރުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ ގޮތުން އޮތް އޮތުމެއް ކަމަށެވެ.
"ވަޒީފާއެއް އަދާކުރަން ނުޖެހޭ ދުވަސްވަރު އޭނާ އަރާމުކޮށްލަން ދޫކޮށްލާ،"ށޭ ބުނެ އެކަކު ކޮމެންޓު ކޮށްފައިވާއިރު، އަނެއްބައި މީހުން ވަނީ މިއީ ހަޤީޤީ "ބޮސް ބޭބީ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، މިގޮތަށް ކުއްޖާ އޮތުމަކީ އޭނާގެ މިޒާޖު ހުރިގޮތް ދައްކުވައިދޭ ކަމެއްނޫނެވެ. އެހެނެއްކަމަކު، އެއީ ޠަބީޢީ ހަރަކާތެކެވެ.
ނަމަވެސް، ދުނިޔެއަށް ނޭވާލީތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މިފަދަ "ސްޓްރެސް-ފްރީ" ނުވަތަ އެއްވެސް ފިކުރެއްނެތް ގޮތަކަށް އޮތުމުން، އިންޓަނެޓްގައި އެކުއްޖާ ސިފަކޮށްފައިވަނީ ކެމެރާއަކަށް ރެކޯޑުކުރެވުނު އެންމެ "ކޫލް" އަދި ހަމަޖެހޭ ތުއްތު ކުއްޖާގެ ގޮތުގައެވެ.
ދުނިޔެއަށް އައިތާ އަދި ވީ މަދު ވަގުތުކޮޅެއް ނަމަވެސް، މި ތުއްތު މިސްރު ކުއްޖާ މިހާރުވެސް ފެންނަނީ ދިރިއުޅުމުގެ އެންމެ އަރާމު ޗުއްޓީއެއް ހޭދަކުރަމުންދާ ”މީހެއްގެ“ ގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް