ބަނގުރަލާއެކު މާފުށިން ހައްޔަރުކުރި ޒުވާނާ- ފޮޓޯ/ ޕޮލިސް
ބަނގުރަލާއެކު މާފުށިން ހައްޔަރުކުރި ޒުވާނާ- ފޮޓޯ/ ޕޮލިސް
ހަބަރު 19 Oct 2026 | 04:58

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު ޢަބްދުއްރަޝީދު (23އ)އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16 ވަނަ ދުވަހު ކަމަށެވެ.

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު
19 Oct 2026 ހަބަރު

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ނިންމުމަށް ޖުމުލަ 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި
19 Oct 2026 ހަބަރު

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"
18 Oct 2026 ހަބަރު

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު
18 Oct 2026 ހަބަރު

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ އިތުރު ޓެކްސްތަކެއް ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ
18 Oct 2026 ހަބަރު

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
18 Oct 2026 ހަބަރު

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟

އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.