މިރޭގެ ފޯރަމްގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ
މިރޭގެ ފޯރަމްގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ
ހަބަރު 18 Oct 2026 | 17:49

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު

ރާއްޖެއަށް ދަރަނި ނުދެއްކޭނެ ހާލަތެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު ހަސަން ޒަރީރު ދެއްވައިފި އެވެ.

ވަޒީރު އެކަމުގެ ޔަގީންކަން ދެއްވީ މިރޭ އޮތް "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާލީ ވަޒީރު ވިދާޅުވީ ނޫފުލޭވަރުގެ ބުރައެއް ނެތް ދަރަނި ދެއްކުމުގައި ނެތް ކަމަށެވެ. މި ސަރުކާރުން ދަރަނި ދެއްކުމުގައި ގެންގުޅޭ ސިޔާސަތަކީ އެއީ ދައްކަަން ޖެހޭ އެއްޗެއްކަން އެނގި ދުރާލާ އެކަމަށް ތައްޔާރުވުން ކަމަށެވެ.

ދަރަނި ދައްކަން ޖެހެނީ ބޭރު ފައިސާއިން ކަމުން ބޭރު ފައިސާ ލިބޭނެ ގޮތްތައް ގާނޫނުތަކުން ދަނީ ފަހިކުރަމުން ކަމުގައި ވިދާޅުވި އެވެ. އަދި ދަރަނި ދައްކަން އެކަމަށް ހާއްސަ ފަންޑަށް ފައިސާ ޖަމާކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިއީ ދަރަނީގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހޭ އަހަރު ކަމަށާ ކުރިއަށް އޮތްތާ އެފަދަ އަދަދަކުން ދަރަނި ދައްކަން ނެތް ކަމަށެވެ. އެހެން ކަމުން ދަރަނި ދެއްކުމުގައި މި އަހަރުތެރޭ ކުރިމަތިވި ގޮންޖެހުންތަކެއް ކުރިމަތިނުވާނެ ކަމުގައި ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ދައްކަން ޖެހޭ ދަރަންޏަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން މެނޭޖްކުރެވޭނެ ދަރަނިތަކެއް"

މީގެ އިތުރުން ވަޒީރު ވަނީ އިތުރު ޓެކްސްތަކެއް ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކަމުގައި ވިދާޅުވި އެވެ. 2024 ވަނަ އަހަރު ޓެކްސްގެ ގާނޫނަށް ބައެއް ބަދަލުތައް ގެނެސް ޓެކްސްގެ މިންވަރު ބޮޑުކޮށްފައިވާ ކަމަށާ މިހާރުގެ އަމާޒު ހުރީ ގާނޫނަށް ބަދަލުތައް ގެނެސް ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ގާނޫނުގައި ހުރި ލޫޕްހޯލްތައް ބެއްދުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"
18 Oct 2026 ހަބަރު

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ
18 Oct 2026 ހަބަރު

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
18 Oct 2026 ހަބަރު

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟

އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
18 Oct 2026 ހަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށް، ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި
18 Oct 2026 ހަބަރު

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި

ހައުސިން މިނިސްޓްރީން މިއަދު ވަނީ ބީއެމްއެލް އާއި އެމްއައިބީ އާއި އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި
18 Oct 2026 ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބަންދުގައި ހުރި މީހަކު ޝަރުޠުތަކާއެކު ދޫކުރި ދަށު ކޯޓުގެ ނިންމުން، ޕީޖީގެ އިސްތިއުނާފަށް ބަލައި ހައިކޯޓުން ބާޠިލުކޮށްފިއެވެ.