މިނިވަން ދުވަހާއި ގުުޅުވައިގެން ހަވައެއް ނާރުވާނެ!
މިއަދު ފާހަަގަކުރެވެމުންދާ މިނިވަންދުވަހުގެ މުނާސަބަތުގައި ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ނުގެންދާނެކަމަށް ހާމަކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މީގެ ކުރީގެ ބައެއް އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދާނެކަމަށެވެ.
މިކަން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތައް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ހޯމް މިނިސްޓްރީންވެސް ކަށަވަރުކޮށްދެއްވާފައެެވެ.
ފާއިތުވި ފަސް އަހަރުގައި ޚާއްސަ ދުވަސްތަކާއި ގުޅިގެން ހަވާ އެރުވުމުގެ ގިނަ ހަރަކާތްތައް ގެންގޮސްފައިވެއެވެ. އެގޮތަށް ހަވާ އެރުވުމާއި މެދު އާންމުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.
ފޮޓޯ: އަވަސް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް