ވަގަށް އެތެރެކުރި ލައްކައަކަށް ވުރެ ގިނަ ސިނގިރެޓް އަތުލައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެއަށް ވަގަށް އެތެރެކުރަން މަސައްކަތް ކުރި ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް އެތެރެކުރަން އުޅުނު، ގާތްގަނޑަކަށް 6،500 ފޮށި ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށެވެ. އެއީ ޖުމްލަ 130،155 ސިނގިރެޓެވެ.
ނަމަވެސް ސިނގިރެޓްތަކާ މެދު އަމަލުކުރި ގޮތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތެރޭންވެސް ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅުނު ދެ މީހަކު މިދިޔަ މަހުވަނީ އަތުލައިގެންފައިވެއެވެ.
"ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާއިދު"ގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ޞިއްޙީ ވުޒާރާއިން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީއެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް