ނައްތާލަން ބޭނުންވާ ދީނީ ފޮތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި
ނައްތާލަން ބޭނުންވާ ދީނީ ފޮތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލު ކުރެވޭނެ އިންތިޒާމް އެ ކައުންސިލުން ހަމަޖައްސައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު ގޭގެއިން ގެނެސް އެ އިދާރާ އާއި ހަވާލު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ފަހަރު ގޭގެއިން ގެންނަ އެފަދަ ތަކެތި މާލެ ސިޓީ ކައުންސިލުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 އޭޕްރީލް 2024 ން 2 މެއި 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
މާލެ ސިޓި ކައުންސިލުން މި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަންގައި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް