ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ
މިއަދު ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން ހާމަ ކުރެއްވި ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) މިހާރު ވަނީ ފެނިފައެވެ.
އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ އާއިލާއަށް ޚަބަރެއްނުވެގެންނެވެ.
އާއިލާއާ ހަވާލާދީ، ފުލުހުން ހާމަ ކުރެއްވި ގޮތުގައި، ޙުސައިން ޒިހާން އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިންނެވެ.
ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޙުސައިން ޒިހާން ފެނުނީ މާލެ އިން ކަމަށާއި އޭނާ ފެނުނުއިރު ޙާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް