N/A
N/A
ހަބަރު 28 Mar 2019 | 07:54

ދީނަށް ފުރައްސާރަކުރާ ޕޭޖްތައް ބްލޮކްނުކޮށް ބައެއް ޝެއިޚުންގެ ފޭސްބުކް އެކައުންޓްތައް ބްލޮކް ކޮށްލައިފި

އިސްލާމްދީނަށް ފުރައްސާރަކުރާ ފޭސްބުކްޕޭޖްތައް ބްލޮކް ނުކޮށް ދިވެހި ބައެއް ޝެއިޚުންގެ އެކައުންޓް ތައް ފޭސްބުކުއިން ބްލޮކް ކޮށްލައިފިއެވެ.

އިސްލާމް ދީނަށް ފުރައްސާރާ ފޭސްބުކު ޕޭޖްތައް ދިވެހިން ހިންގާކަން އެތައް ފަހަރެއްގެ މަތިން ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެވިފައެވެ. ނަމަވެސް ފުލުހުންގެ ޖަވާބަކީ އެމަސައްލަތައް ބަލާ ކަމަށާއި، އެފަދަ ޕޭޖްތައް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަަ ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެފަދަ އެކައުންޓެއް ބްލޮކް ކޮށްފައި ނުވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެެވެ. ކީރިތީ ރަސޫލާއަށް ފުރައްސާރަކޮށް މާތްﷲ އަށް ޝަރީކަކުރާ ޕޭޖްތައް މިހާރުވެސް ހިންގަމުން އަންނަ އިރު އެފަދަ ޕޭޖްތައް ހުރި ގޮތަށް ބެހެއްޓުމަށްފަހު ދާދި ފަހުން މިވަނީ ބައެއް ޝެއިޚުންގެ ފޭސްބުކު އެކައުންޓްތައް ބްލޮކް ކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އެއީ އިސްލާމްދީނާއި ދެކޮޅު ބަޔަކު އަޑީގައި ތިބެގެން ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބައެއް ޝެއިޚުންގެ ފޭސްބުކު އެކަައުންޓްތައް ފޭސްބުކުން ބްލޮކް ކޮށްލާފައިވާއިރު އިސްލާމްދީނާއި ދެކޮޅަށް ރާއްޖޭގައި ވާހަކަދައްކާތީ އެކަމާއި ދެކޮޅަށް އަޑު ފަތުރަމުން ދިޔަ ފޭސްބުކުގެ ގުރޫޕެއްވެސް ދާދި ފަހުން ވަނީ ބްލޮކް ކޮށްލާފައެވެ. އެފަދަ ގޮތަކަށް ޕޭޖްތަކާއި ޝެއިޚުންގެ އެކައުންޓްތައް ބްލޮކް ކުރި ނަމަވެސް އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާ މީހުންނާއި ދެކޮޅަށް އަޑު އުފުލާނެ ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެފަދަ އަމަލުތަކުން އިސްލާމްދީން ބަލިކަށި ނުކުރެވޭެ ކަމަށާއި، އިސްލާމްދީން ފެތުރުން ނުހުއްޓުވޭނެ ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެއްބަޔަކު މިގައުމުގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާއިރު، ފަހަކަށް އައިސް ރާއްޖޭގައި އިސްލާމްދީނާ، އެދީނުގެ ހުކުމްތަކާއި ދެކޮޅަށް އަޑު އުފުލާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެފަދަ މީހުންނާއި ދޭތެރޭގައި ކަމާއި ބެހޭ ފަރާތްތަކުން އެދެވޭ ފިޔަވަޅު ނާޅާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...