އަލިފާނުގެ ހާދިސާއެއް ނޫން، ތެއްޔެއް ދުންގަނެގެން ދުންއެރީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ ސިޓީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާ ގެއަކުން ދުން އެރީ ތެއްޔެއް ދުންގަނެގެން ކަމަށް ސިފައިން ބުނެފި އެވެ.
ކެނެރީ މަގުގައި ހުރި ގެއަކުން ދުން އަރާތީ ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ އެ ގެއިން ދުން އެރީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ނޫން ކަމަށެވެ. އެ ގެއިން ދުން އެރީ އުދާފައި ހުރި ތެއްޔެއް ދުންގަނެގެން ކަމަށެވެ. މީހަކަށް އަދި ތަނަކަށް ވެސް ގެއްލުން ނުވާ ކަމަށް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް