އަނީސާ ނޫރައްދީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފި
އަލްއަމީރާ އަނީސާ ނޫރައްދީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ.
އެކަމަނާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ އަވައްޓެރި ސްރީލަންކާގައެވެ.
އަލްއަމީރާ އަނީސާ ނޫރައްދީނަކީ ދިވެހިރާއްޖޭގެ ކުރީގެ ރަދުންކަމުގައިވާ އަލްސުލްތާން ހަސަން ނޫރައްދީން (ދެވަނަ) ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ދަރިކަނބަލުންނެވެ.
އެކަމަނާއަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ދެފަރާތްކަމުގައިވާ ސައްޔިދު ހަސަން އަދި ސައްޔިދު އަލީގެ މަންމާފުޅެވެ. އަދި އެކަމަނާއަކީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ފަސީހުގެވެސް މަންމާފުޅެވެ.
އަނީސާ އަވަހާރަވީއިރު، އެކަމަނާގެ އުމުރުފުޅަކީ 87 އަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް