އިންޑޮނީޝިއާއިން އިންޑިއާގައި އުފައްދާ މިސައިލް ގަންނަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިންޑިއާއާ ރަޝިޔާ ގުޅިގެން އުފައްދާފައިވާ ބްރަމޯސް އެއަރޯސްޕޭސް ކުންފުނިން އިންޑިއާގައި އުފައްދާ ބްރާމޯސް މިސައިލްތަކެއް އިންޑޮނީޝިއާއިން ގަންނަން އުޅޭކަމުގެ އަޑުތަކެއް އަނެއްކާވެސް ފެތުރިއްޖެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ދަތުރުފުޅުގައި މިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ބްރަމޯސް މިސައިލްގެ އައްސޭރިފަށުގައި ބޭނުންކުރާ މަރުކާއަކާއި، ހަނގުރާމަމަތީ މަނަވަރުތަކުގައި ބޭނުންކުރާ މަރުކާއެއް ހޯދުމަށް، އިންޑޮނީޝިއާއިން ބްރާމޯސްއާއެކު މަޝްވަރާކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ބްރާމޯސްއިން ވަނީ 250 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ޑީލެއް ހެދުމަށް އިންޑޮނީޝިއާއާއެކު މަޝްވަރާކުރަމުންދާކަން 2023 ވަނަ އަހަރު މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.
މިސައިލް ގަތުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ދެގައުމުންވެސް އަދި އެއްވެސް އެއްޗެއް ރަސްމީކޮށް ނުބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް