ހޯދަމުންދިޔަ އިރުފާން ފެނުނީ ތެޔޮހުސްވެގެން ހާލުގައި ޖެހުނު ލޯންޗަކުން!
2016ވަނަ އަހަރު ހިނގައިދިޔަ މަރަކާއި ގުޅިގެން ހޯދަމުންދިޔަ އިރުފާން ރުޝްދީ، ތެޔޮހުސްވެގެން ހާލުގައި ޖެހިފައި އޮތް ލޯންޗަކުން ހައްޔަރުކޮށްފިއެވެ.
މަރުތަކާއި ބެހޭ ކޮމިޝަނުން އިރުފާން ހޯދަމުންދިޔައީ 2016ގައި ހިނގައިދިޔަ ސިލްސިލާ މާރާމާރީއެއްގައި މަރާލެވުނު 14އަހަރުގެ ފާތިރު މުހައްްމަދުގެ މަރުގެ މައްސަލައިގައެވެ.
ފާތިރު މަރާލުމުގެ އެއް އަހަރު ކުރިން އިރުފާން ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް 2016 ވަނަ އަހަރު މާރާމާރީ ހިންގި އިރު، އޭނާ އެތަނުގައި އުޅޭ ތަން ސީސީޓީވީ ފުޓޭޖުން ފެންނަކަމަށް އިރުފާން ހޯދަން އިއުލާންކުރަމުން މަރުތަކާއި ބެހޭ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިރުފާން ހައްޔަރުކޮށްފައިވަނީ އޭނާއާއި އިތުރު ތިން މީހަކު ގދ.ތިނަދޫން ފުރައިގެން ލޯންޗެއްގައި މަހަށް ނުކުމެ އުޅެނިކޮށް، ގދ.ކާޑެއްދޫގެ 12 ނޯޓިކަލް މޭލު ބޭރުން ތެޔޮ ހުސްވެގެން ކޯސްޓްގާޑުގެ އެހީއަށް އެދުނު ތަނުންނެވެ.
އެ ލޯންޗްގައި އިރުފާން އިންކަން ކޯސްޓްގާޑަށް އެނގުމުން، އެފަރާތުން ވަނީ އޭނާ ފުލުހުންނާއި ހަވާލުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް