އިންޑިޔާއިން މާދަމާ ދިވެހިރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް އިފްތިތާހުކުރަނީ
އިންޑިޔާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި ގިނަ މަޝްރޫއުތަކެއް އިފްތިތާހުކުރުމަށް ނިންމައިފިއެވެ.
މި މަޝްރޫއުތައް ޓެލެކޮންފަރެންސް މެދުވެރިކޮށް މާދަމާގެ ވަގުތެއްގައި އިފްތިތާހުކޮށްދެއްވާނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
މިގޮތުން ބަލާލާއިރު އިންޑިޔާގެ ފަރާތުން އެމްއެންޑީއެފްއަށް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއްގެ މަސައްކަތް އިފްތިތާހުކުރެވިގެންދާނެއެވެ.
މީގެ އިތުރުން މާލޭ ސިޓީގެ މަގުތައް ލެޑް ލައިޓުން ދިއްލާލުމާއި، އިންޑިޔާގެ ރުޕޭ ކާޑް ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ގޮތް ތައާރަފްކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫއުތަކުގެ ތަފްސީލެއް ސަރުކާރުގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް