މަޖިލިސް އިންތިހާބު ބޮޑުތަނުން އެމްޑީޕީ ކާމިޔާބުކުރާނެ: ރައީސް ނަޝީދު
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ހިނގާލުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދާ ދިނުމަށްޓަކައި، އެ ޕާޓީން އަވަދިނެތި މަސައްކަތްކުރަމުން ގެންދާނެކަމަށާއި އިރާދަކުރެއްވިއްޔާ މި މަޖިލީސް އިންތިހާބު ބޮޑުތަނުން އެމްޑީޕީ ކާމިޔާބު ކުރާނެކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ހާލުގެ ދުލުން މިކަމަށް އެދި ގޮވާއަޑު އަޅުގަނޑުމެން އަންނަނީ ކޮންމެ ދުވަަހަކުވެސް ބޯހަރުކޮށް އިވެމުން"، އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދެނެއް ބަޣާވާތެއް ނުކުރެވޭނެކަމަށާއި އެމްޑީޕީން ނުކުމެ މިތިބީ ވައްޓާލީމާ ތެދުވެ ކަމަށެވެ އަދި އެޕާޓީ ދެނެެއް ވައްޓާނުލެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް