ހުުޅުމާލޭ ރަށު މާރުކޭޓުގެ ގޮޅިތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހުޅުމާލޭގައި 30މިިލިޔަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ރަށު މާރުކޭޓްގެ ގޮޅިތަކުގެ ވެރިންނާއި އެކު، ގޮޅިތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު އެޗްޑީސީ ބިލްޑިންްގްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަދު މި އެއްބަސްވުމުގައި 28 ފަރާތަކާއި އެކު ސޮއިކުރެވުނު އިރު، ބާކީ 25މީހުންނާއި އެކު މާދަމާ ސޮއިކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ހުރިހާ ފަރާތްތަކަކީވެސް ދިވެހިންކަން ފާހަަގަކޮށްލެވެއެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި އެއްބަސްވުންތަކުގައި ސޮއިކުރާތާ 15 ދުވަހުގެ ތެރޭގައި މިގޮޅިތައް ހިންގަން ފަށަންޖެހޭނެއެވެ.
ރަށު މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ހާއްސަ 37 ގޮޅިއަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެކެވެ. މި ގޮޅިތަކުގައި ބޮޑުމިނަކީ 80 އަކަ ފޫޓެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް