ރޭގެ ބަންގްލަދޭޝްގެ މެޗް ބަލަން ގިނަބަޔަކު އެކުވެންޏާއި ޔޫތު ސެންޓަރަށް!
އައިސީސީ ކްރިކެޓް ވޯލްޑްކަޕްގައި ރޭ ބަންގްލަދޭޝްއާއި އޮސްޓްރޭލިޔާ ބައްދަލުކުރި މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ ބިދޭސީން ޔޫތު ސެންޓަރާއި ކުޅިވަރު އެކުވެންޏަށް އެއްވެއްޖެއެވެ.
މިކަން ފާހަގަކޮށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަޚުލޫފް ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މެޗު ބަލައި، ގައުމަށް ތަރުހީބު ދިނުމަށްޓަކައި ބޮޑު ސްކްރީން އަޅުވާފައިވާ ދެތަނުގައިވެސް ބިދޭސީން ތިބުމުން އުފާކުރައްވާ ކަމަށެވެ.
އަދި ކުރު މުއްދަތެއްގެ ތެރޭގައި ގިނަބަޔަކަށް މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނީތީ މަޚުލޫފް ވަނީ މީޑިޔާނެޓަށް ޝުކުރު ދަންނަވާފައެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް ކްރިކެޓް ވޯލްޑްކަޕް ބޮޑު ސްކްރީނެއްގައި ބެލުމުގެ އިންތިޒާމު ހަމަޖެހެން ވާނެކަމަށް ގިނަބަޔަކު ބުނަމުންދިޔަ ދަނޑިވަޅެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް