ޓްވީޓަކުން މަގާމުން ވަކިކުރާާނެކަމަށް އުއްމީދު ނުުކުރަން: އަލީ އުމަރު
ޓްވީޓެއް މެދުވެެރިކޮށްގެން މަގާމުން ވަކިކޮށްފާނެކަމަށް އުއްމީދު ނުކުރާކަމަށް މިއަދު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުން ވަކިކުރި އަލީ އުމަރު ވިދާޅުވެއްޖެއެވެ.
އަލީ އުމަރު މިހެން ވިދާޅުވީ އެބޭފުޅާ މަގާމުން ވަކިކުރިކަން ހާމަކުރުމަށް ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުންނެވެ.
އަލީ އުމަރު ވިދާޅުވީ ޓްވީޓެއްގެ ބަދަލުގައި ރަސްމީ ސިޓީއަކުން މަގާމުން ވަކިކުރި ވާހަކަ އަންނާނެކަމަށް އުއްމީދުކުރެއްވިކަމަށެވެ.
އެބޭފުޅާ މަގާމުން ވަކިކުރި ސަބަބެއް ސާފުވާާގޮތް ވަނީ ނުވެފައެވެ.

ސްޕޯޓްސް ކޮމިޝަނަރ އަކީ ކުޅިވަރާއި ބެހޭ މިނިސްޓަރާއި ކުިޅވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހޭ ފަރާތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް