ހުޅުމާލޭގައި ބިދޭސީއަކު ކުއްލިގޮތަކަށް މަރުވެއްޖެ
ހުޅުމާލޭގައި ކޮންސްްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ މި ބިދޭސީ މީހާއަށް ނޭވާލާން އުނދަގޫވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.
ނަމަވެސް އަނެއްކާވެސް މެޔަށް ތަދެއް އަރައިގެން އެމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރު، މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް