ޕޯސްޓަރ: އޯގަންޒާ
ޕޯސްޓަރ: އޯގަންޒާ
ވިޔަފާރި 20 Dec 2022 | 07:04

އޯގާންޒާގެ އަހަރީ ސޭލް: %25 އާ ހަމައަށް ޑިސްކަންޓް

އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އެކި ބާވަތުގެ އައިޓަމްސް ލިބޭގޮތަށް މާލޭގެ މާރކެޓްގައި އެންމެ އަގު ހެޔޮކޮށް ވިޔަފާރި ކުރަމުންދާ އޮގާންޒާއިން %25 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާ އަހަރީ މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހު 30 ގެ ނިޔަލަަށް ކުރިއަށްދާ  މި ސޭލްގައި،  250ރ މަތީގެ ކޮންމެ ވިޔަފާރިއަކުން 5% އާއި 25% ދެމެދުގެ ޑިސްކަޓެއް ލިބިގެން ދާނެއެވެ.

މުޅި ފިހާރައިގެ ހުރިހާ އައިޓަމަކުންވެސް ޑިސްކައުންޓް ލިބޭ މިޕްރޮމޯޝަންގައި ވަކި އައިޓަމެއް އިސްތިސްނާ ނުވާނެ ކަމަށާއި ބައްލަވައި ގަންނަވާ އައިޓަމްތަކަށް ކަނޑައެޅިފައިވާ އަދަދަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ސޯސަންމަގުގެ މެދުތެރޭގައި ހުންނަ މިފިހާރައަކީ މިހާރު ގިނައަދަދެއްގެ އަންހެން ބޭފުޅުންގެ މެދުގައި މަޤުބޫލުކަން ހޯދަމުން އަންނަ ތަނެކެވެ.  މިފިހާރަ އިން ވަނީ ދާދި ފަހުން ވައިބާރ ކޮމިއުނިޓީއާއި ޖޮއިން ކޮށްލައިގެން ގިފްޓް ވައުޗާސް ހޯއްދެވުމުގެ ފުރުސަތުވެސް ހުޅުވާލާ ފައެެވެ.

”ޖޮއިން އެންޑް ވިން“ ނަމުގައި ފެށި އެ ޕްރޮމޯޝަން ގެ ދަށުން އެ ފިހާރައިގެ ވައިބާރ ކޮމުއިނިޓީއާއި ޖޮއިން ކޮށްލައްވައިން ގިފްޓް ވޯޗާއެއް ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން،  1 ވަނަ އަށް ހޮވޭ ފަރާތަކަށް 1000ރ އަދި 2 ވަނަ ހޮވޭ ފަރާތަކަށް 500ރ އަދި 3 ވަނަ ހޮވޭ ފަރާތަކަށް 350ރ ގެ ވޯޗާއެއް ލިބޭނެއެވެ.

މިޕްރޮމޯޝަންވެސް 30 ޑިސެމްބަރާއި ހަމައަށް ކުރިއަށް ދާއިރު އަންނަނިވި ލިންކު  މެދުވެރިކޮށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

shorturl.at/eowW3.

އަންހެންބޭފުޅުންނަށް ޚާއްސަ ކޮށްގެން ދާދިފަހުން މާލޭގައި ހުޅުވި މި ފިހާރައިން 3 ކުއާޓަރ ހެދުމާއި، އެއްކޮށް ދިގު ހެދުމާއި ، އެކި ޑިޒައިން ތަކުގެ، އެކި ކުލަ ކުލައިގެ، އަތް ދިގު މެކްސީ ޑްރެސް ވަރަށް ހެޔޮ އަގުގައި ލިބެން ހުރެއެވެ. އަދި މީގެ އިތުރުން، ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ހޫޑީސް ގެ އެކި ޑިޒައިން ތަކާއި ރާއްޖޭގެ މާރކެޓަށް އައު، ޑްރެސް ސެޓްވެސް އެތަނުން ވަނީ ތައާރަފް ކޮށްފައެވެ.

އަދި މިނޫނަސް ފަހަން ބޭނުން ކުރާ އެކި ވައްތަރުގެ ސާމާނާއި ބޫޓް, ފައިވާން, އިސްޓާކީނުގެ އިތުރުން އަންހެން ބޭފުޅުންގެ އަންޑަރ ގާރމެންްޓްސްވެސް މިފިހާރާގައި ވަރަށް އަގުހެޔޮކޮށް ލިބެންހުރެއެވެ.

އާންމުކޮށްވެސް ވަރަށްހެޔޮއަގުގައި މުދާވިއްކާ މިފިހާރައިން، މިޕްރޮމޯޝަންގެ ސަބަބުން އާދަޔާޚިލާފަށް ތަކެތި އަގުހެޔޮކޮށް ލިބިގެންދާނެކަމަށް ފިހާރައިގެ ވެރިފަރާތުން މައުލޫމާތުދެެއެވެ.

އޯގަާންޒާ” ހުންނާނީ ސޯސަންމަގު، އިބްރާޙިމް މިސްކިތް ހުރަސް ކޮށް ދާއިރު އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7816688 ގުޅާލުމުން ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި
02 Nov 2026 ވިޔަފާރި

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އިން ބުނީ 8 ފަސިންޖަރުން އުފުލޭ މި ބޯޓަކީ ލަގްޒަރީ ދަތުރުތަކަށް ހާއްސަ ބޯޓެއް ކަމަށެވެ.

އޯގަންޒާގެ އަގުތައް، ބޮޑުވި ޖީއެސްޓީ އާއި އެކު ބޮޑެއް ނުވާނެ؛ އަދިވެސް ކުރީ އަހަރެކޭ އެއްފަދަ
07 Jan 2023 ވިޔަފާރި

އޯގަންޒާގެ އަގުތައް، ބޮޑުވި ޖީއެސްޓީ އާއި އެކު ބޮޑެއް ނުވާނެ؛ އަދިވެސް ކުރީ އަހަރެކޭ އެއްފަދަ

މިމަހު އެއްވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގަމުން އައި ޓެކްސް ބޮޑުކޮށްފައިވާ ނަމަވެސް އެކަމާއި ގުޅިގެން އޯގަންޒާ އިން ވިއްކާ ތަކެތީގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އެ ފިހާރަ އިން...

ދިވެހި ލިބާސް ފަހަން ބޭނުންތަ؟
29 Dec 2022 ވިޔަފާރި

ދިވެހި ލިބާސް ފަހަން ބޭނުންތަ؟

މާލޭގެ މާކެޓްގައި އެންމެ ހެޔޮ އަގުގައި އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އެކި ބާވަތްތަކުގެ އައިޓަމްސް ލިބޭގޮތަށް ވިޔަފާރި ކުރަމުންދާ އޯގާންޒާއިން ދިވެހި ލިބާސް ފަހާ ތަފާތު އެކި ޑިޒައިން ތަކުގެ ފޮތ...

ޖޮއިން އެންޑް ވިން“ ނަމުގައި އޯގާންޒާ އިން ޚާއްސަ ޕްރޮމޯޝަނެއް!
24 Nov 2022 ވިޔަފާރި

ޖޮއިން އެންޑް ވިން“ ނަމުގައި އޯގާންޒާ އިން ޚާއްސަ ޕްރޮމޯޝަނެއް!

މިފަހުން އަންހެން ކަނބަލުންނަށް ޙާއްސަ ކޮށްގެން ސޯސަންމަަގުގަ ހުޅުވި ”އޯގާންޒާ“ އިން ޚާއްސަ ޕްރޮމޯޝަން ފަށައިފިއެވެ. ”ޖޮއިން އެންޑް ވިން"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރި ވުމުގެ މުއްދަތަކީ ޑ...