އޯގަންޒާ އިން ލިބެން ހުރި ފޮތި: ފޮޓޯ/ އޯގަންޒާ
އޯގަންޒާ އިން ލިބެން ހުރި ފޮތި: ފޮޓޯ/ އޯގަންޒާ
ވިޔަފާރި 29 Dec 2022 | 11:06

ދިވެހި ލިބާސް ފަހަން ބޭނުންތަ؟

މާލޭގެ މާކެޓްގައި އެންމެ ހެޔޮ އަގުގައި އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އެކި ބާވަތްތަކުގެ އައިޓަމްސް ލިބޭގޮތަށް ވިޔަފާރި ކުރަމުންދާ އޯގާންޒާއިން ދިވެހި ލިބާސް ފަހާ ތަފާތު އެކި ޑިޒައިން ތަކުގެ ފޮތި ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.

ދިވެހި ލިބާހަކީ ދިވެހިރާއްޖޭގެ އާދަކާދައާއި އަދި ދިވެހިންވަންތަކަން އޭގައި އެކުލެވޭ ހެދުމެކެވެ. ކުރީ ޒަމާނުގައި ޢާއްމު ދިިރިއުޅުމުގައި ވެސް އަންހެންބޭފުޅުން ލިބާސް ލައި އުޅުނުއިރު, މިހާރު ދިވެހި ލިބާހަކީ ދިވެހި ވަންތަކަން ރަމްޒު ކޮދިނުމުގެ ގޮތުން އެކި ޑިޒައިން ތަކަށް ފަހައިގެން ހަފްލާ ތަކުގައްޔާއި އަދި ޙާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ބޭނުންކުރަމުން އަންނަ ހެދުމެކެވެ.

އަދި ތީމްތަކަށް ޙާއްސަކޮށްގެން ބާއްވާ ކައިވެނި ހަފްލާތަކާއި ގިނަ އަދަދެއްގެ ރިޒޯޓް ތަކުގައިވެސް ދިވެހި ލިބާސް ލުމަކީ މިހާރު އާއްމު ވެފައިވާ ޓްރެންޑެކެވެ.

އެހެންކަމުން، އެފަދަ އެންމެހައި ބޭނުން ތަކަށްވެސް ހާއްސަކޮށްގެން އޯގާންޒާއިން ލިބެން ހުރި ޑިޒަންތަކާއި ކުލަތަކުގެ ލިބާސް ފޮއްޗަކީ، މާލޭގައި ނެތް ޑިޒައިންތަކާއި ކުލަތައްކަމަށް އޮގާންޒާއިން ވަނީ ބުނެފައެވެ. އަދި މީހާރު ހުރި ލިބާސް ފޮއްޗަކީ ލިމިޓެޑް ސްޓޮކް ކަމަށާއި އިތުރު ސްޓޮކް ފޮއްޗަށް އޮތް މަގުބޫލު ކަމާއި އެކު ގެނެވޭނެ ކަމަށްވެސް އެފިހާރައިން ވަނީ ބުނެފައެވެ.

އަދި މީގެއިތުރުން އޮގާންޒާއިން ލިބާސް ފަހާއިރު ބޭނުން ކުރާ އެކި ޑިޒައިން ތަކުގެ ކަސަބުވެސް ލިބެން ހުންނާނެ ކަމަށާއި ގިނައަދަދަކަށް ނަންގާވާނަމަ އެދެވިގެންވާ ޑިސްކައުޓްވެސް ލިބިގެންދާނެކަން އެފިހާއިން ހާމަކޮށްފައިވެއެވެ.

ލިބާސް ފަހާ ފޮތީގެ އިތުރުން، މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އެކި ޑިޒައިންތަކުގެ ރީތި ފޮއްޗާއި ހެދުން ފެހުމަށް ބޭނުންކުރާ ސާމާނުތަކާއި އެއާ ގުޅުންހުރި ތަފާތު ބާވަތްތައްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ރޭނދާ, ޒިބު، ގޮށް، ވެލިފޮތި، އަދިވެސް އިތުރު ފެހުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. އަދި ހަމަ އެހެންމެ އެކި ޑިޒައިން ތަކުގެ ބެޑްޝީޓް ފަހާ ފޮތިވެސް އޯގާންޒާ ފިހާރައިން ލިބެންހުންނާނެއެވެ.

އޯގަާންޒާ” ހުންނާނީ ސޯސަންމަގު، އިބްރާޙިމް މިސްކިތް ހުރަސް ކޮށް ދާއިރު އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7816688 ގުޅާލުމުން ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި
02 Nov 2026 ވިޔަފާރި

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އިން ބުނީ 8 ފަސިންޖަރުން އުފުލޭ މި ބޯޓަކީ ލަގްޒަރީ ދަތުރުތަކަށް ހާއްސަ ބޯޓެއް ކަމަށެވެ.

އޯގަންޒާގެ އަގުތައް، ބޮޑުވި ޖީއެސްޓީ އާއި އެކު ބޮޑެއް ނުވާނެ؛ އަދިވެސް ކުރީ އަހަރެކޭ އެއްފަދަ
07 Jan 2023 ވިޔަފާރި

އޯގަންޒާގެ އަގުތައް، ބޮޑުވި ޖީއެސްޓީ އާއި އެކު ބޮޑެއް ނުވާނެ؛ އަދިވެސް ކުރީ އަހަރެކޭ އެއްފަދަ

މިމަހު އެއްވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގަމުން އައި ޓެކްސް ބޮޑުކޮށްފައިވާ ނަމަވެސް އެކަމާއި ގުޅިގެން އޯގަންޒާ އިން ވިއްކާ ތަކެތީގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އެ ފިހާރަ އިން...

އޯގާންޒާގެ އަހަރީ ސޭލް: %25 އާ ހަމައަށް ޑިސްކަންޓް
20 Dec 2022 ވިޔަފާރި

އޯގާންޒާގެ އަހަރީ ސޭލް: %25 އާ ހަމައަށް ޑިސްކަންޓް

އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އެކި ބާވަތުގެ އައިޓަމްސް ލިބޭގޮތަށް މާލޭގެ މާރކެޓްގައި އެންމެ އަގު ހެޔޮކޮށް ވިޔަފާރި ކުރަމުންދާ އޮގާންޒާއިން %25 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާ އަހަރީ މިއަދ...

ޖޮއިން އެންޑް ވިން“ ނަމުގައި އޯގާންޒާ އިން ޚާއްސަ ޕްރޮމޯޝަނެއް!
24 Nov 2022 ވިޔަފާރި

ޖޮއިން އެންޑް ވިން“ ނަމުގައި އޯގާންޒާ އިން ޚާއްސަ ޕްރޮމޯޝަނެއް!

މިފަހުން އަންހެން ކަނބަލުންނަށް ޙާއްސަ ކޮށްގެން ސޯސަންމަަގުގަ ހުޅުވި ”އޯގާންޒާ“ އިން ޚާއްސަ ޕްރޮމޯޝަން ފަށައިފިއެވެ. ”ޖޮއިން އެންޑް ވިން"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރި ވުމުގެ މުއްދަތަކީ ޑ...