-
-
ވިޔަފާރި 21 Oct 2026 | 09:38

ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް މަޝްހޫރު ސުޕަރއެޕްލިކޭޝަން "އީޒެޕް" އަށް ޕްރައިވެޓް ފައިނޭންސް ކާމިޔާބުކަމާއެކު ހޯދައިދީފި

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ މަޝްހޫރު ސުޕަރ-އެޕްލިކޭޝަން "އީޒެޕް" ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ ޕްރައިވެޓް ފައިނޭންސް، ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް ކާމިޔާބުކަމާއެކު ހޯދައިދީފިއެވެ.

މި މުހިންމު ކާމިޔާބީއާ ގުޅިގެން އީޒެޕްގެ ސީ.އީ.އޯ މިޢުވާން ވިދާޅުވީ، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތައް ކުރިއެރުވުމުގައި ރައުސްމާލު ހޯދުމުގެ ދަތިކަން ނެތްނަމަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއެކޭ އެއްފަދައިން މި ދާއިރާވެސް ފުޅާކުރުމުގެ ވަރުގަދަ ބިންގަލެއް އެޅިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ގިގް އިކޮނޮމީގެ ތެރެއިން ޒުވާނުންނަށް ވަޒީފާގެ އައު ފުރުސަތުތައް ފަހިކޮށްދިނުމުގައާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑެލިވަރީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނާ ގުޅުވައިދީ، އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯޓަރކްރެސްގެ ސީ.އޯ.އޯ ސަހާ ވިދާޅުވީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އީޒެޕް ފަދަ އީޖާދީ ވިޔަފާރިއަކަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ ޒުވާނުން ހިންގާ ވިޔަފާރިތަކަށް ޕްރައިވެޓް ފައިނޭންސް ހޯދައިދިނުމުގައި ލަފާދޭ މައި ފަރާތެއްގެ ގޮތުން ވޯޓަރކްރެސްއަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އެ ކުންފުންޏަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އީޒެޕަކީ ރިބާ އެކުލެވޭ އެއްވެސް ދަރަންޏެއް ނުނަގާނެ ކުންފުންޏެއް ކަމަށް ކަނޑައަޅާފައިވާތީ، މި ފައިނޭންސް ހަމަޖައްސާފައިވަނީ އިސްލާމީ ވަކާލާ އޮނިގަނޑުގެ ތެރެއިންނެވެ. މިއީ އީޒެޕްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ލިބުނު ވަރަށް މުހިންމު ކެޕިޓަލް އިންވެސްޓްމަންޓެކެވެ. އަދި މިފަދަ އިންވެސްޓްމަންޓްތަކަކީ ވޯޓަރކްރެސް ފަދަ ތަޖުރިބާކާރު، ފަންޑް ރެއިޒިންގ އަދި އެޑްވައިޒަރީ ލައިސަންސް އޮންނަ ފަރާތްތަކުގެ މޮނިޓަރިންގއާ އެކު ކުރިއަށްދާ ކަންކަމަށް ވާތީ، މީގެ ސަބަބުން ކުންފުނީގެ ގަވަރނަންސްއާއި ހިންގުންވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ފަރާތުން ޤަބޫލުކުރެއެވެ.

އަދި މިއީ އިސްލާމީ އުސޫލުތަކަށް ފެތޭ އިންވެސްޓްމަންޓްއަކަށް ވާތީ، މިއިން ކޮންމެ ކޮންމެ ކަމަކަށް ޚަރަދު ނުކުރެވޭނެ ކަމަށާއި، މި ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޚާއްޞަ ކަންކަމަށް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އަދި މި އިންވެސްޓްމަންޓްގެ މައިގަނޑު މަޤްޞަދެއްގެ ގޮތުގައި އީޒެޕްގެ "ސައިކަލް ޓެކްސީ" ގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. މީގެއިތުރުން ދެވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޑިޖިޓަލް ގްރޮސަރީ ޑެލިވަރީގެ ދާއިރާ ނުވަތަ ގޭގެއަށް ބޭނުންވާ ސާމާނު ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތުގައި އިސްނަގައި (ޕައިނިއަރ ކޮށް)، އެ ޚިދުމަތް ކުރިއަށްވުރެ ބޮޑަށް ފުޅާކުރުމެވެ.

އީޒެޕަކީ ރާއްޖޭގައި މިހާރު ދެމުންގެންދާ ގިނަ ޚިދުމަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތަޢާރަފްކުރި ފުރަތަމަ ސުޕަ އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ފަރާތަކަށްވެސް ޕަބްލިކް ޑެލިވަރީ ޑްރައިވަރެއްގެ ގޮތުގައި ސައިންއަޕް ވެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ. އަދި ހަމައެއާއެކު، ކޮންމެ ފަދަ ވިޔަފާރިއަކަށް ނުވަތަ ސްޓޯރަކަށްވެސް އީޒެޕްގައި ރަޖިސްޓްރީވެ، އޮންލައިންކޮށް ތަކެތި ވިއްކައި، ޑެލިވަރީގެ ޚިދުމަތާއެކު ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ވަނީ ފަހިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"
21 Oct 2026 ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"

ދިރާގު ޓިކްޓޮކް ގިވްއަވޭ: އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމަށް ރަނުގެ ފުރުސަތެއް!
21 Oct 2026 ވިޔަފާރި

ދިރާގު ޓިކްޓޮކް ގިވްއަވޭ: އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމަށް ރަނުގެ ފުރުސަތެއް!

ދިރާގުން ޓިކްޓޮކްގައި ފަށާފައިވާ ގިވްއަވޭގައި ކާމިޔާބުވާ މީހަކަށް ބާގަންޑީ ކުލައިގެ އައިފޯން 18 ޕްރޯ މެކްސްއެއް ދޭނެއެވެ. 4 ނޮވެމްބަރު 2026 ގެ ނިޔަލަށް ބައިވެރިވެވޭނެއެވެ.

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
25 Jun 2026 ވިޔަފާރި

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް

ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި އީޒެޕް ސޮއިކޮށްފިއެވެ. މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕް މެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތ...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް
09 May 2026 ހަބަރު

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް

ރެހެނދި ފުޓްސަލްދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މެޗްތައް ބަލާލުމަށް ދަނޑުދޮށަށް ގޮސްގެން އައިފޯނެއް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް އީޒެޕުން ފަހި...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް
28 Apr 2026 ވިޔަފާރި

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026" ގެ އޮފިޝަލް ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެ...

އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް
30 Jan 2026 ހަބަރު

އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ މަޝްހޫރު ސުޕަ-އެޕް "އީޒެޕް" (eeezap)، ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ހަރަކާތެއް ކަމަށްވާ "ޝާރްޖާ އެންޓްރ...

އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް
20 Dec 2025 ވިޔަފާރި

އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް

ގިނަ ބަޔަކު ބޭނުންކުރަމުންދާ އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް ހާއްސަ ޑިސްކައުންޓެއް ތައާރަފްކޮށްފިއެވެ. އީޒެޕުން ބުނީ، އެ އެޕްލިކެޝަން މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ކޮންމެ 500 ރުފ...