އީޒެޕަށް ލިބުނު އެވޯޑާ ހަވާލުވުން
އީޒެޕަށް ލިބުނު އެވޯޑާ ހަވާލުވުން
ވިޔަފާރި 25 Oct 2026 | 04:33

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ މޯބައިލް އެޕްލިކޭޝަން ކެޓަގަރީން ތިންވަނަ އީޒެޕަށް

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުން ފަހުރުވެރި ވަނައެއް ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕްލިކޭޝަން "އީޒެޕް" އިން ހޯދައިފިއެވެ.

ރޭ ބޭއްވި ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަ ދިނުމުގެ ރަސްމީ ހަފްލާގައި އީޒެޕަށް ލިބިފައިވަނީ ފޯން އެޕްލިކޭޝަންތަކުގެ ބައިން ތިންވަނައެވެ. މި ހަފްލާގައި އީޒެޕަށް ލިބުނު އެވޯޑު އެ ފަރާތާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މޯބައިލް އެޕްލިކޭޝަނުގެ ބައިން އީޒެޕަށް ޤައުމީ ފެންވަރުގެ މިފަދަ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔައިރު، މި އެޕްލިކޭޝަން ވުޖޫދަށް އައިތާ އަދި ވީ އެންމެ 21 މަސްދުވަހެވެ. މި ކުރު މުއްދަތުގެ ތެރޭގައި މިފަދަ ޝަރަފުވެރި ވަނައެއް ހޯދުމަކީ އެ އެޕްލިކޭޝަނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އީޒެޕަކީ އެންމެ ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރި ސުޕަ އެޕްލިކޭޝަނެވެ. މި އެޕް މެދުވެރިކޮށް ކާބޯތަކެއްޗާއި، ގްރޮސަރީގެ އިތުރުން ސައިކަލް ޓެކްސީ އަދި ވިޔަފާރީގެ ތަފާތު އެތައް ހިދުމަތްތަކެއް ޑިޖިޓަލްކޮށް އަންނަނީ ފޯރުކޮށްދެމުންނެވެ. އީޒެޕުން މައުލޫމާތު ދޭ ގޮތުގައި، އެ އެޕް މެދުވެރިކޮށް ޝޮޕިންގްގެ ހިދުމަތް ތައާރަފްކުރި ފަހުން، އެ ކުންފުނީގެ މިހާރުގެ މިސްރާބަކީ ފުރިހަމަ އީ-ކޮމާސް ޕްލެޓްފޯމަކަށް އެޕްލިކޭޝަން ބަދަލުކުރުމެވެ.

އީޒެޕް މޯބައިލް އެޕްލިކޭޝަން އެންޑްރޮއިޑް އަދި އެޕަލް އެޕް ސްޓޯރުން ފަސޭހަކަމާއެކު މިހާރު ޑައުންލޯޑް ކުރެވެން ހުރިއިރު، އެ ކުންފުނީގެ ވަޓްސްއަޕް ނަންބަރު 7560606 އަށް މެސެޖްކޮށްލައިގެން ވެސް ވަރަށް ފަސޭހަކަމާއެކު އީޒެޕްގެ ހިދުމަތްތައް ހޯދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކުމަށް 'އީޒެޕް' އިން 'ފިޖިޓަލް' ބުކްސްޓޯރެއް ތައާރަފްކޮށްފި
22 Oct 2026 ވިޔަފާރި

ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކުމަށް 'އީޒެޕް' އިން 'ފިޖިޓަލް' ބުކްސްޓޯރެއް ތައާރަފްކޮށްފި

ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރާ ލިޔުންތެރިންނާއި މުސައްނިފުންގެ ފޮތްތައް ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، މަގުބޫލު ސުޕަ އެޕް 'އީޒެޕް' އިން "ފިޖިޓަލް" ބުކްސްޓޯރެއް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް މަޝްހޫރު ސުޕަރއެޕްލިކޭޝަން "އީޒެޕް" އަށް ޕްރައިވެޓް ފައިނޭންސް ކާމިޔާބުކަމާއެކު ހޯދައިދީފި
21 Oct 2026 ވިޔަފާރި

ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް މަޝްހޫރު ސުޕަރއެޕްލިކޭޝަން "އީޒެޕް" އަށް ޕްރައިވެޓް ފައިނޭންސް ކާމިޔާބުކަމާއެކު ހޯދައިދީފި

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ މަޝްހޫރު ސުޕަރ-އެޕްލިކޭޝަން "އީޒެޕް" ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ ޕްރައިވެޓް ފައިނޭންސް، ވޯޓަރކްރެސް ކެޕިޓަލް މެދުވެރިކޮށް ކާމިޔާބުކަމާއެކު ހޯދައިދީފިއެވެ.

ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"
21 Oct 2026 ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ސުޕައެޕް އީޒެޕްގެ މީޑިއާ އަދި އެޑްވަޓައިޒިންގ ޕާޓްނަރަކަށް "ވޮއިސް"

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
25 Jun 2026 ވިޔަފާރި

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް

ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި އީޒެޕް ސޮއިކޮށްފިއެވެ. މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕް މެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތ...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް
09 May 2026 ހަބަރު

އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް

ރެހެނދި ފުޓްސަލްދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މެޗްތައް ބަލާލުމަށް ދަނޑުދޮށަށް ގޮސްގެން އައިފޯނެއް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް އީޒެޕުން ފަހި...

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް
28 Apr 2026 ވިޔަފާރި

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026" ގެ އޮފިޝަލް ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެ...